ކ. މާލެ
|
29 މެއި 2018 | އަންގާރަ 19:47
ރައީސް ނަޝީދުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމާއި ހަސަން ލަތީފް ހަވާލުވެވަޑައިގަންނަވަނީ
ރައީސް ނަޝީދުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމާއި ހަސަން ލަތީފް ހަވާލުވެވަޑައިގަންނަވަނީ
ޙުސައިން ޙަސަން
އެމްޑީޕީ ޕްރައިމަރީ 2018
ހަސަން ލަތީފްގެ ރައްދު އަމީނަށް: ދުރުގައި ތިބި ބޭފުޅުންނަށް ކަންކަން ސާފުވެފައި ހުންނަލެއް ކުޑަކަމަށްވެދާނެ
އަމީން އިބްރާހިމް ވިދާޅުވީ ނަޝީދު ޕްރައިމަރީ އަށް ނުކުތުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށް
ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު އިއްތިހާދުގައި އެއްބަސްވެފައި ހުރި ކަންކަން ޖޭޕީއަށް އެނގޭނެ ކަމަށް
ހުރިހާ ލީޑަރުން ވެސް ވިދާޅުވަނީ ޕާޓީތަކަށް އެއް ކެނޑިޑޭޓަކު ނެރެވޭނެ ކަމަށް

އެއް ކެނޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރައްދުދެއްވައިފިއެވެ. 

"މިހާރު" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ އަމީން އިބްރާހިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވުމަށް، އިދިކޮޅު ކޯލިޝަނާ ވަކިން މަސައްކަތްޕުޅު ކުރެއްވުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށެވެ. އަދި ނަޝީދު އަމަލު ކުރައްވާ ގޮތުން ކޯލިޝަންގެ ތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމާއި ބައިބައިވެފައިވާ ކަމަށް އާންމުންނަށް ހީވާ ކަމަށާއި، އޭގެ ނަތީޖާއަކީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުން، ނަޝީދާ ހެދި މާޔޫސްވެ، ކޯލިޝަނަށް ކުރާ އުންމީދު ފަނޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީންގެެ އެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދަޅުވީ އެއް ކެނޑިޑޭޓަކު ނެރުމަށް އެކުލަވާލި އިދިކޮޅު އިއްތިހާދުގެ ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅުން ތިއްބަވާ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގައި އެއްބަސްވެފައި ހުރި ކަންކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބެލެވެނީ ދުރުގައިި ތިބި ބޭފުޅުންނަށް ކަންކަން ސާފުވެފައިި ހުންނަލެއް ކުޑައީކަން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.  

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވިދާޅުވަމުންގެންދަވަނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެވޭނެ ކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ނެރުމާ މެދު ޕާޓީތަކުން ގޮޮތެއް ނިންމާނީ ޕްރައިމަރީއަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ގުޅިފައިވާ އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރުމަށް އަށާރަ ނަވާރަ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް ވަނީ އުފައްދާފައެވެ. ނަމަވެސް އެ ކޮމެޓީގެ ނިންމުންތަކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ކޮމެޓީގައި ކޮންމެ ސިޔާސީ ލީޑަރެއްގެ ފަރާތުން ދެ ބޭފުޅުން ތިއްބަވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް