ކ. މާލެ
|
29 މެއި 2018 | އަންގާރަ 21:49
އިލެކްޝަންސް ކޮމިޝަން - އެމްޑީޕީ ޕްރައިމަރީ ޤާނޫނާއި ހިލާފަށް ކުރިއަށްގެންދާނަމަ އެކަން ހުއްޓުވާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައި
އިލެކްޝަންސް ކޮމިޝަން - އެމްޑީޕީ ޕްރައިމަރީ ޤާނޫނާއި ހިލާފަށް ކުރިއަށްގެންދާނަމަ އެކަން ހުއްޓުވާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ 2018
ޕްރައިމަރީ ޤާނޫނައި އެއްގޮތަށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން އެމްޑީޕީން ވަނީ ދީފައި: އިލެކްޝަންސް
ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ އެއްބާރުލުންދޭނެ
އެމްޑީޕީން ބުނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވަނީ ޤާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށް
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ

ބުދަ ދުވަހު (މާދަމާ) ބާއްވާ އެމްޑީޕީ ޕްރައިމަރީ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން އެމްޑީޕީން ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ، ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަންދީފައިވާތީ، ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ އެއްބާރުލުންދޭނެކަމަށެވެ. 

ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޕްރައިމަރީ ބާއްވާނެކަމުގެ ޔަޤީންކަން އެމްޑީޕީންް ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފައިވާއިރު އެމްޑީޕީން ވަނީ މި މަހުގެ 28 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި އެމްޑީޕީން ބުނީ މި މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ޕްރައިމަރީއަކީ ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކާއި އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 77 ވަނަ މާއްދާގެ ދަށުން ބާއްވާ ޕްރައިމަރީއެއް ކަމަށެވެ. އަދި އެ ޕްރައިމަރީއަކީ ޕާޓީގައި އަމަލުކުރަމުންގެންދާ އެންމެހައި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ބާއްވާ ޕްރައިމަރީއެއް ކަމަށް އެމްޑީޕީގެ އެ ސިޓީގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް، އެއްވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރުދީފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް