ކ. މާލެ
|
29 މެއި 2018 | އަންގާރަ 17:21
ފްލޫ ސެންޓަރުގައި ބަލިމީހުންނަށް ފަރުވާދެނީ
ފްލޫ ސެންޓަރުގައި ބަލިމީހުންނަށް ފަރުވާދެނީ
މުހައްމަދު ޝަރުހާން
އިންފްލުއެންޒާ ވެކްސިން
މާލެއާއި މާލެ ސަރަހައްދުގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް އާންމުކޮށްފި
މާލެ ސަރަހައްދުގައި ފަސް ތަނަކުން ވެކްސިން ޖެހޭނެ
ވެކްސިން ޖަހުމަށް ވަކި ވަގުތުތަކެއް ވަނީ ކަނޑައަޅާފައި
ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކުރޭ

މާލެ އާއި މާލެ ސަރަހައްދުގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭ ވަގުތުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ  )އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް އިންފްލުއެންޒާ ޖެހިގެން ނުރައްކާވާނެ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ދަމަނަވެއްޓާއި ސެނަހިޔާ އާއި ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭގައި ވެސް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ދަމަނަވެށީގައި ޑޮކްތަރަށް ދައްކާ، ބޭސް ސިޓީ ހެއްދުމާއި ވެކްސިން ޖަހައިދިނުން ކުރިއަށްދަނީ، ދުވާލު 10:15 އިން މެންދުރު 01:30 އަށެވެ. ކޮންމެ ހޯމަ އާއި ބުރާސްފަތި ދުވަހު ރޭގަނޑު ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިރު 09:00 އިން 10:00 އަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ސެނަހިޔާގައި ވެކްސިން ޖަހައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން މެންދުރު 02:00 އަށެވެ. އަދި ރޭގަނޑު 08:00 އިން މެންދަމު 12:00 އަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދެނީ އާދިއްތަ ދުވަހާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުއެވެ. އެގޮތުން މެންދުރު 12:00 އިން 01:00 އަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުމާއި އަރިދަފުސް ރޯގާ ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދަނީ ޑޮކްޓަރަށް ދައްކަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް