ކ. މާލެ
|
29 މެއި 2018 | އަންގާރަ 15:20
ދިރާގު
ފިތުރު ޒަކާތް ދެއްކުން
ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ!
އެޕް ބޭނުން ކުރަން ވަރަށް ފަސޭހަ
ޖޫން މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ

ދިރާގު ވެބްސައިޓް  ނުވަތަ ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ތަޢާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން  މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަ ޖައްސައިފިއެވެ.

އެހެންކަމުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހަދަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާއަށް ފިތާލުމަށް ފަހު، ޕޯޓަލް ހުޅުވުމުން ޒަކާތް ދައްކަން ބޭނުންވާ މިންވަރުގެ  ތަފްސީލު ފުރިހަމަ ކޮށްލަނީއެވެ. އެއަށް ފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދެއްކުނީއެވެ. ޒަކާތް ދެއްކުމަށް ފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެއްކި ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ.

ދިރާގު “ramadanmv” އެޕް މެދުވެރިކޮށް ޒަކާތް ދައްކަން، އެޕްލިކޭޝަންގެ “zakat” ޖަހާފައި އިންނަ ޓެބަށް ފިތާލުމަށް ފަހު، ޕޭ ޕޯޓަލް ހުޅުވުމުން ވެބްސައިޓުން ދިރާގު ޕޭ މެދުވެރިކޮށް ޒަކާތް ދައްކާ ގޮތަށް ކުރިއަށް ގެންދާނީއެވެ.

ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކެނެއެވެ.

މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ދިރާގުން ވަނީ ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދީފައެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް