ވިލިމާލޭގެ ހުޅަނގުފަރާތު ނައިންސްޓަރ ބީޗާ ދިމާ ކަނޑަށް އެރިއުޅުނު އަންހެނަކު ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އަމިއްލައަށް މަރުވާން އުޅޭ ކަމަށް ބުނެ އަންހެނަކު ކަނޑަށް އެރިއުޅޭ ކަމަށް ބުދަ ދުވަހުގެ ހަވީރު 16:30 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން އެސަރަހައްދަށް ދިޔައިރު އެ އަންހެން މީހާ ކަނޑުގައި އޮތް މަންޒަރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އެ މަންޒަރު ފުލުހުންނަށް ފެނުމާއެކު އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުންވަނީ ފަތާފައިގޮސް އެއަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.