ކ. މާލެ
|
29 މެއި 2018 | އަންގާރަ 12:56
މާލޭ ސިޓީގެ މޭޔަރު އަދި  އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ޝިފާ މުހައްމަދު
މާލޭ ސިޓީގެ މޭޔަރު އަދި  އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ޝިފާ މުހައްމަދު
ރާއްޖެއެމްވީ
އެމްޑީޕީގެ ޕްރައިމަރީ
މާދަމާ އަކީވެސް މި ސަރުކާރު ބަލިކުރާނެ ދުވަހެއް: ޝިފާ
މި ސަރުކާރަށް ނޫނެކޭ ބުނުމަށް ލިބިފައިވާ ފުރުސަތެއް
ނަޝީދަށް  އޮތް ތާއީދު ދެއްކުމަކީ އެހާމެ މުހިއްމު ކަމެއް

ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުން ނުކުމެ ބޯކޮށް ވޯޓު އަޅައި ސަރުކާރު ބަލިކުރަމުންދާ ކަމަށާއި ބުދަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ރައްޔިތުންގެ ތާއިދު އޮތް މިންވަރު ފެނިގެންދާނެ ކަމަށާއި އެއީ ސަރުކާރަށް ލިބޭ ބައްޔަކަށް ވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ"ގައި ޝިފާ ވިދާޅުވީ މިއަދު މިވަނީ މި ސަރުކާރުން ކުރަމުންދާ އަނިޔާވެރި ކަންތައްތަކަށް ނޫނެކޭ ބުނުމަށް އަނެއްކާވެސް އެމްޑީޕީގެ ޕްރައިމަރީގެ ތެރެއިން ފުރުސަތު ލިބިފައި ކަމަށެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެމީހަކު ވިސްނާ ވިސްނުން ތަކާއި، ހިޔާލު ފާޅުކުރުމުގެ ޖާގަ ގާނޫނު އަސާސީން ލިބިދީފައި ވާއިރު ރައްޔިތުން ބޭނުންވާ ބަޔަކަށް ވޯޓު ދޭން ރައްޔިތުންނަށް ނުނިކުމެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޝިފާ ވިދާޅުވިއެވެ.

ޕްރައިމަރީއާ ގުޅިގެން ސަރުކާރުން ދައްކާ އެއްވެސް ބިރަކަށް ކަންބޮޑުނުވާ ކަމަށާއި އެމްޑީޕީގެ މެމްބަރުން ނުކުމެ ވޯޓް އަޅާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. 

ޝިފާ ވިދާޅުވީ 2018ގެ ކެނޑިޑޭޓް ދެއްކުން އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައީސް ޔާމީނަށް ނޫނެކޭ ބުނުމުގެ ފުރުސަތު ވެސް މިއަދު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެމްޑީޕީން ނުކުމެ ރައީސް ނަޝީދަށް އޮތް ތާއީދު ދެއްކުމަކީ މުހިއްމު ކަމެއް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް