ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 03:31
މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް
މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓެއް
ގޫގުލް
އެމްއެޗް 370
އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ހުއްޓާލައިފި
އެމްއެޗް 370 ގެއްލިފައިވަނީ ބެއިޖިންއިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރު

ދުއިސައްތަ ތިރީސް ނުވަ މީހުންނާއެކު ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ހުއްޓާލައިފިއެވެ.

މެލޭޝިއަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ހުއްޓާލުމަށްފަހު އަލުން އެމަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުންފުނި އޯޝަން އިންފިނިޓީންނެވެ. އެގެން ނަމަވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލާލައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ފްލައިޓް އެމްއެޗް 370 ގެއްލިފައިވަނީ ބެއިޖިންއިން ފުރައިގެން ކުއާލަ ލަމްޕޫރަށް ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރުއެވެ. އެ ފްލައިޓު ގެއްލުނީ ފަސިންޖަރުންނާއި ކްރޫއިން ހިމެނޭގޮތަށް ޖުމްލަ 239 މީހުންނާއިއެކުއެވެ. 

މިހާތަނަށް ފެނުނު މަތިންދާ ބޯޓުގެ 20 އެތިކޮޅުގެ ތެރެއިން އެ ބޯޓްގެ ބައެއްކަމަށް ނުވަތަ އެބޯޓްގެ ބައެއްކަމަށްވުމުގެ ފުރުސަތުބޮޑު އެތިކޮޅަކަށް ފެނިފައިވަނީ އެންމެ ހަތް އެތިކޮޅެވެ.

2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ބޯޓު މަތިން ތިރިއަށް ބާރަށް އައިސް އިންޑިއާ ކަނޑަށް ވެއްޓިފައި ވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ނަމަވެސް އާ މައުލޫމާތެއް ލިބިއްޖެ ނަމަ ބޯޓް ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ބުުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް