ކ. މާލެ
|
29 މެއި 2018 | އަންގާރަ 10:33
ކޮންޕިއުޓަރެއްގައި ޔޫޓިއުބް ހުޅުވާފައި. މިސްރުން ވަނީ އެއްމަސް ދުވަހަށް ޔޫޓިއުބް ސަސްޕެންޑް ކޮށްފައި
ކޮންޕިއުޓަރެއްގައި ޔޫޓިއުބް ހުޅުވާފައި. މިސްރުން ވަނީ އެއްމަސް ދުވަހަށް ޔޫޓިއުބް ސަސްޕެންޑް ކޮށްފައި
ރާއްޖެއެމްވީ
މިސްރު
މިސްރުން އެއްމަހަށް ޔޫޓިއުބް ބްލޮކް ކޮށްފި
ޔޫޓިއުބް ސަސްޕެންޑް ކުރީ އިސްލާމްދީނާ ދެކޮޅަށް ޔޫޓިއުބްގައި ހުރި ވީޑިއޯގެ މައްސަލައެއްގައި

އިސްލާމްދީނާ ދެކޮޅަށް ޔޫޓިއުބްގައި ހުރި ވީޑިއޯތަކެއްގެ މައްސަލައެއްގައި މިސްރުން އެއްމަހަށް ޔޫޓިއުބް ބްލޮކް ކޮށްފިއެވެ.

މިސްރުގެ ކޯޓަކުން ހޮނިހިރު ދުވަހު ކޮށްފައިވާ އަމުރެއްގައި އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ 2012 ވަނަ އަހަރު ޔޫޓިއުބް މެދުވެރިކޮށް ރަސޫލާއަށް  ފުރައްސާރަ ކޮށްފައިވާ ވީޑިއޯއެއް ހިމެނިފައިވާތީ މިޞްރުން ޔޫޓިއުބަސް ނުވަދެވޭ ގޮތަށް އެއް މަސްދުވަހަށް އެ ސައިޓަށް ވަނުން ބްލޮކް ކުރުމަށެވެ.

މިމައްސަލައަކީ މިސްރުގެ ވަކީލަކު 2013 ވަނަ އަހަރު ހުށައެޅި މައްސަލައެކެވެ. ރަސޫލާ  އަށް ފުރައްސާރަކޮށް މުސްލިމު ނޫން ބަޔަކު ޔޫޓިއުބްގައި އާންމުކޮށް ޝާއިޢު ކުރި ވީޑިއޯއާއި ގުޅިގެން އެތަކެއް މުސްލިމުންގެ ފާޑުކިޔުން އަމާޒުވިއެވެ.

މިސްރުގެ ކޯޓުން މިގޮތަށް އަމުރު ކުރި ކަމުގައިވިއަސް އަދި މިހާތަނަށް އެއަމުރު ތަންފީޒު ކޮށްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޔޫޓިއުބް އެއްމަސްދުވަހަށް ބްލޮކް ކޮށްގެން ރަމަޟާންމަހު އުނދަގޫވާނެ ކަމަށާއި ޓީވީ ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް ބުރޫއަރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް