ކ. މާލެ
|
29 މެއި 2018 | އަންގާރަ 09:53
ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު، ފޯމް އެ ޕާޓީގެ މުސްތަޝާރުކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވަނީ
ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު، ފޯމް އެ ޕާޓީގެ މުސްތަޝާރުކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވަނީ
މުހައްމަދު ޝަރުހާން
ޕީޕީއެމް މެމްބަރުން
އަދާލަތު ޕާޓީގެ ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް
އޭނާ ސަރުކާރުން ވަކިވެވަޑައިގަތީ ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ހިންގަމުންދާތީ

ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ހިންގަމުންދާތީ ސަރުކާރުން ވަކިވެވަޑައިގެންނެވި، އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މުހައްމަދު ދީދީ ސޮއިކުރައްވަން ޕީޕީއެމް އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރައްވާ ހުންނެވި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ބައިވެރިވެޑައިގެންނެވި އެވެ.

ޕީޕީއެމްއަށް ސޮއިކުރެއްވި މުހައްމަދު ދީދީ ވަނީ ކުރިން މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭނާ ސަރުކާރުން ވަކިވެވަޑައިގަތީ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ތަކުރާރުވަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެނައުމުން އެކަމަށް އިހްތިރާމު ކުރުމުގެ ގޮތުންކަމަށް ކުރިން އޭނަ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމުން އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ށ. ފީވަކު އެމްޑީޕީ ދާއިރާގެ ރައީސް ހަސަން ޒުހުރީ ވެސް ސޮއިކުރެއްވި އެވެ. 

ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމް އަށް ސޮއިކުރެއްވިއިރު، މުހައްމަދު ދީދީ ވެސް ފައުންޑަރ މެމްބަރެއްގެ ގޮތުގައި އުފެއްދެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ. އިމްރާން ޖަލަށް ލާފައިވާނީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރި އަދާލަތު ޕާޓީން، ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދިޔައީ އަނިޔާވެރި ކަމާއި ފަސާދަ ބޮޑުވެގެން ކަމަށް ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 މެއި 2018 | އަންގާރަ 07:29
އަމްމަދު
ދައުލަތުގެ ފައިސާ ގެ ބައި ލިބުނު މީހަކަށް ވާނީ
29 މެއި 2018 | އަންގާރަ 06:17
Kkk
thi muhammadhi didi akee sumegge meeheh , anbi meehaa dhineema kaigen ulhey meeheh, ehen ulhenikoh anbimeehaa ves vanee vazeefa adhaa kuraa thanugai ulhey meehaa hithaave ganefa, mikan yageen kuran beynu.iyyaa ethanuge konme meeheh kairer ehiyas kiyaidheyne
29 މެއި 2018 | އަންގާރަ 05:30
ވަޓަބަރަނި
ކޮން ޝެއިޚެއް ތިވެސް ވިކިފަހުރި ސޮރެކޭ
29 މެއި 2018 | އަންގާރަ 05:00
Heyo
varah salaam