ކ. މާލެ
|
29 މެއި 2018 | އަންގާރަ 08:34
ފަނޑިޔާރު އަލީ ހަމީދު (ކ)، ރައީސް މައުމޫން (މ) އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު (ވ): އަންގާރަ ދުވަހު 3 ބޭފުޅުންގެ މައްސަލަތައްވެސް ކޯޓުގައި އެބައޮތް
ފަނޑިޔާރު އަލީ ހަމީދު (ކ)، ރައީސް މައުމޫން (މ) އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު (ވ): އަންގާރަ ދުވަހު 3 ބޭފުޅުންގެ މައްސަލަތައްވެސް ކޯޓުގައި އެބައޮތް
މުހައްމަދު ޝަރުހާން
ބޮޑުންގެ ޝަރީއަތް
ބޮޑުންގެ ޝަރީއަތް: އަންގާރަ ދުވަހު ގިނަ އަޑުއެހުންތަކެއް
އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދަށް ދަށު ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި އޮންނާނެ

ފެބްރުއަރީގައި 1 ސުޕްރީމް ކޯޓުން ނެރުމު އަމުރަކީ ސަރުކާރުން ވައްޓާލަން ނެރުނު އަމުރެއްކަމަށް ބުނެ ސަރުކާރުން ސިޔާސީ ފަރާތްތައް ހައްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައިގެ ގިނަ ޝަރީޢަތްތަކެއް އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ތާވަލުކޮށްފިއެވެ. 

އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެމައްސަލައިގެ އިސްތިއުނާފް މައްސަލައިގައި ހެނދުނު 10:15 ގައި ހައި ކޯޓުގައި އަޑުއެހުމެއް އޮންނާނެއެވެ. ހަމަ އެމައްސަލައިގައި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފައިވާތީ އެމަނިކުފާނު އިސްތިއުނާފް ކުރެއްވި މައްސަލައިގެ އަޑުއެހުމެއް ވެސް ހައި ކޯޓުގައި މެންދުރުފަހު 1:30ގައި އޮންނާނެއެވެ. 

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމަށް ބުނެ މަައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް 12:00ގައި ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.

ނަޖުމާ (ކ) އަދި އަޒްމީ (ވ)ގެ މައްސަލަވެސް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި އޮންނާނެ

އަދުލު އިންސާފު ޤާއިމްކުރަން ހުރަސްއެޅިކަމަށް ބުނެ ކުރީގެ ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރެއްވި ނަޖުމާ އިބްރާހިމްއާއި، ރައީސް މައުމޫންގެ އަރިހުގައި ޕްރައިވެޓް ސެކިއުރިޓީއަކަށް އުޅުނު މުހައްމަދު އަޒްމީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް 11:00ގައި ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.

އަންގާރަ ދުވަހުގެ ރޭ 9:30 ގައި ކުރީގެ ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އަދުލު އިންސާފު ޤާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް