ކ. މާލެ
|
28 މެއި 2018 | ހޯމަ 22:36
ސިނާން ދޫނިދޫ އަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ
ސިނާން ދޫނިދޫ އަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
މެނާްބަރު އަބްދުﷲ ސިނާން
ސިނާންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ބާއްވަނީ
ސިނާނަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ
ސިނާންގެ ހުށަހެޅުންތަކަށް ގޮތެއް ނިންމަން ތާވަލުކުރި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވަން ތާވަލްކޮށްފިއެވެ.

ސިނާންގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ  އަންގާރަ ދުވަހު މެންދުރު 12:00 ގައެވެ. އަންގާރަ ދުވަހު ބާއްވާ މި އަޑުއެހުމުގައި އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަށާ ހުށައެޅުންތައް ހުށައެޅުމާއި ދިފާއީ ހެކިން ހެށަހެޅުމެވެ. މި މައްސަލާގެ އަޑުހެންތައް މީގެ ކުރިން ވެސް ތިން ފަހަރު ކްރިމިނަލް ކޯޓްގައި ތާވަލްކުރުމަށް ފަހު، ސަބަބެއް ނާންގައި އެންމެ ފަހު ވަގުތު ވަނީ ކެލްސަލްކޮށްފައެވެ.

އެ ދައުވާ ސާބިތު ކުރުމަށް 32 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި 16 ހެއްކެއް ސިއްރު ކުރަން ހުށަހަޅާފައިވެއެވެ. ސިއްރު ކުރަން ހުށަހެޅި ހެކިތަކުގެ ބަޔާންތަކެއް ވަނީ ލީކުވެފައެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރުވައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސިނާން އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.

އޭގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ގާނޫނީ އުސޫލުތަކުގެ ބޭރުން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ސިނާން އުޅެފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.

ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް