ކ. މާލެ
|
28 މެއި 2018 | ހޯމަ 21:17
އަލީ ވަހީދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އަލީ ވަހީދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ސޯޝަލް މީޑިއާ
އަލީ ވަހީދު
ހިޔާލު ތަފާތު ވިޔަސް އަލީ ވަހީދު އެދެނީ އެމްޑީޕީއަށް ކާމިޔާބު
އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން

ބައެއް ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް އަބަދުވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އެދެނީ ކާމިޔާބު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް ވެސް ޝުކުރު ދަންނަވާ ކަމަށާއި ބައެއް ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް އަބަދު ވެސް އެދެނީ އެމަނިކުފާނަށާއި އެމްޑީޕީއަށް ކާމިޔާބު ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދަކީ އެ ޕާޓީގެ އިސް ސަފުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ. އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީއަށް ދާދި ފަހުން ސޮއިކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް