ކ. މާލެ
|
28 މެއި 2018 | ހޯމަ 16:59
މާމިގިލި - ހަށިވިއްކަމުން ދިޔަ މައްސަލާގައި ބަޔަކު ހައްޔަރުކޮޮށްފައި ވަނީ އެ ރަށުން
މާމިގިލި - ހަށިވިއްކަމުން ދިޔަ މައްސަލާގައި ބަޔަކު ހައްޔަރުކޮޮށްފައި ވަނީ އެ ރަށުން
ގޫގުލް
އދ. މާމިގިލި
ރަމަޟާން މަހު ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ 7 މީހުން، އެ މީހުން ހައްޔަރުކުރީ މާމިގިލިން
ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައި

އދ. މާމިގިލީގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހުގެ (ރޭ) ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އދ. މާމިގިލިން ގެއެއް ބަލައި ފާސްކޮށް، ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައިި ހިމެނެނީ ދިވެހި ހަތަރު ފިރިހެނަކާއި، ދެ އަންހެނުންގެ އިތުރުން ބިދޭސީ ފިރިހަނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހަށިވިއްކަމުން ދިޔަ ހަތް މީހުން ވެސް ހައްޔަރުކޮށް، އެ މީހުންގެ ބައްދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ތިން ފިރިހެނަކާއި، އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ އަންހެން މީހާގެ ބަންދަށް މާމިގިލިި މެޖިސްޓްރޭޓް ކޯޓުން ޖަހާފައި ވަނީ 15 ދުވަސް ކަމަށް ފުލުހުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް