ކ. މާލެ
|
28 މެއި 2018 | ހޯމަ 15:44
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ރައީސް އޮފީސް ޓްވިޓާ
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި!
7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައި
12 ކެޓަގަރީއަކަށް ވަނީ ފުރުސަތު ހުޅުވާލައިފައި

ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީގެ ތެރެއިން އިސްލާހު ގެނެސްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީ އަށް ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓެގަރީ އަދި ޓީޗަރުންނަށް ހާއްސަ ކެޓެގަރީގެ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއް ކޮށްގެން އުޅޭ ފަރާތަކަށްވުން ކަނޑައަޅާފައިވާ ބަޔަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އަލަށް ގެނެވުނު އިސްލާހާއި އެކު ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއް ކޮށްގެން އުޅޭ ފަރާތަކަށްވުން އުނިކުރެވިފައިވާ ކަމުގައި ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މި ބަދަލާއި ގުޅިގެން މި 2 ކެޓެގަރީއަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަކީ ކައިވެނިކޮށްގެން އުޅޭ ފަރާތަކަށް ވުން ޝަރުތުތަކުގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެހެން ނަމަވެސް ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި 2 ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި ކައިވެނިކޮށް އާއިލާއަކާއި އެކު ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީން ވަނީ އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ 2 ކެޓެގަރީއަކަށް ވެސް އިސްލާހު ގެނެސްފަ އެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލާފަ އެވެ

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ބަލައިގަތުން ކުރިއަށްދާނީ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް