ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ކުރައްވާފައިވާ އާރަށުގައި ހުންނަ މިސްކިތުގައި ކީރިތި ޤުރުއާން ދިގުކޮށް ކިޔަވާ ކަމަށް ބުނެ ތިން މުދިމަކު މިހާތަނަށް ބަދަލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ތުހުމަތު ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު ދީނީ ނަސޭހަތް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވި ހުއްޓުވުމަށް އިޝާރާތް ކުރައްވައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރަށް ސަނާ ނުކިޔާ އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށާއި ދެރައީ އަދިވެސް އެވަރު ނުވިސްނޭ މަދު ދިވެހިން ތިބުން ކަމަށެވެ.
ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވީ ރައީސް ޔާމިނަކީ މާ ދީނަށް ލޯބި ކުރައްވާ ބޭފުޅަކަށް ހަދައިގެން އުޅޭއިރު އާރަށުގެ މިސްކިތައް އެމަނިކުފާނު ނަމާދަށް ވެސް ނާރާ ކަމަށެވެ. އެކަމަކު މިސްކިތުގައި މާދިގުކޮށް ޤުރުއާން ކިޔަވާތީ ތިން މުދިމު ބަދަލުކޮށްފައި ވާކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
Sarukaarah sanaa nukiyaa,evves faraathakah furusatheh nudheyne.Dheraee evaru adhives nuvisney madhu dhivehin adhives thibikan.Maa dheenah loabikuraa meehakah Yameen hadhaigen ulheyiru,Aarashuga miskithah namaadhah naara, ekamu miskithuga dhigukoh kiyavaathee 3 mudhimu badhalukuri https://t.co/O6TdxMvMZQ
— Ahmed Mahloof (@AhmedMahloof) May 28, 2018
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ މުހައްމަދު އަހުސަން ވިދާޅުވީ ޝައިޚް ޢަލީ ޒައިދާ ގުޅޭ މައްސަލަތަކެއް މިނިސްޓްރީން ބަލަމުންދާތީ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ވާކަމަށެވެ. އެއީ ކޮން މައްސަލަތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން ދީނީ ދަރުސްދިނުމަށް ރަށްރަށުގެ ސްކޫލުތައް ނުލިބޭތީ ގިނަ ދީނީ އިލްމުވެރިންތަކެއް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.