ކ. މާލެ
|
28 މެއި 2018 | ހޯމަ 16:06
ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ފޭސްބުކް
ޝައިޚް ޒައިދު
ޝައިޚް ޢަލީ ޒައިދު ދީނީ ނަސޭހަތް ދިނުން ހުއްޓުވައިފި
ހުއްޓުވީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ
އެއީ ކޮން މައްސަލަތަކެއް ކަމެއް ހާމައެއް ނުކުރައްވާ

ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ މުހައްމަދު އަހުސަން ވަނީ މިކަން ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަހުސަން ވިދާޅުވީ ޝައިޚް ޢަލީ ޒައިދުއާ ގުޅޭ މައްސަލަތަކެއް މިނިސްޓްރީން ބަލަމުންދާތީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެކަން ޒައިދަށް އަންގާފައިވާ ކަމަށެވެ.  އެއީ ކޮން މައްސަލަތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓިކަން ކުރިކަން ޝައިޚް ޒައިދަށް އަންގާފައެއް ނުވެއެވެ. 

ހުއްދަ ހިފެހެއްޓިކަން ޒައިދަށް ނާންގައި އޮއްވައި ވިޔަފާރި ވެރިންގެ މިސްކިތުގައި އޭނާ ދީނީ ނަސޭހަތް ދެއްވިކަން ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޝައިޚް ޒައިދަށް ގުޅާލުމުން ވިދާޅުވީ ދެކެވެމުންދާ ވާހަތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.

ހުއްދަ ހިފެހެއްޓިކަން ޒައިދަށް ނާންގައި އޮއްވައި ޒައިދު ދީނީ ދަރުސް ދެއްވި މައްސަލަ ހޫނުވެ އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާން ނެގުމަށް އަންގާފައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. 

ޝައިޚު ޒައިދަކީ ރާއްޖޭގައި ހުރި ތަފާތު މައްސަލަ ތަކާ ބެހޭ ގޮތުން ވެސް މީސްމީޑިއާ ގައި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް