ކ. މާލެ
|
28 މެއި 2018 | ހޯމަ 10:10
އުޑުމަތި ބަނަ، މޫސުން ގޯސް ދުވަހެއްގައި މާލޭގެ އުތުރުފަރާތު ބަނދަރު
އުޑުމަތި ބަނަ، މޫސުން ގޯސް ދުވަހެއްގައި މާލޭގެ އުތުރުފަރާތު ބަނދަރު
މުހައްމަދު އަނިލް
ރާއްޖެ މޫސުން
ވައި ބާރުވެ، ކަނޑު ގަދަވާނެތީ 16 އަތޮޅަކަށް ވައިޓް އެލާޓް
މި މަހު އެކަނި ވެސް 50 އެލާޓް ނެރުނު

ވައި ބާރުވެ، ކަނޑު ގަދަވާނެތީ 16 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް)އިން މިއަދު ނެރުނު ދެ ވަނަ ވައިޓް އެލާޓުގައި ބުނެފައި ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 3:30 އަށް ހއ. އަތޮޅުން ފެށިގެން، ލ. އަތޮޅާ ހަމައަށް ވައި ބާރުވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. އެ ދެމެދުގައި ހިމެނޭ 16 އަތޮޅަކަށް ގަޑިއަކު 23 މޭލާ 29 މޭލާ ދެމެދުގެ ބާރުމިނުގައި ވަައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުންޏެވެ.

މި ފެށުނު މެއި މަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ގަދަ ވަޔާއެކު، ބޯކޮށް ވާރޭވެހި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވެފައި ވެސް ވެއެވެ. މޫސުމަށް ސަމާލުވުމުގެ ގޮތުން މެޓް އޮފީހުން މި މަހު އެކަނި ވެސް 50 އަށް ވުރެ ގިނަ އެލާޓް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނީ ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް