ކ. މާލެ
|
28 މެއި 2018 | ހޯމަ 09:32
އޮޕަރޭޝަންގައި މަރުވި މީހެއް ޑާކާގެ މެޑިކަލް ކޮލެޖްގައި ސަންދޯކަށް ލާފައި
އޮޕަރޭޝަންގައި މަރުވި މީހެއް ޑާކާގެ މެޑިކަލް ކޮލެޖްގައި ސަންދޯކަށް ލާފައި
ގެޓީ އިމޭޖަސް
މަސްތުވާތަކެތި
ބަންގްލަދޭޝްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި އެތައް މަރެއް
މި އޮޕަރޭޝަން ސިފަކުރަނީ ފިލިޕީންސްގައި ކުރިޔަށް ގެންދާފަދަ އޮޕަރޭޝަނަކާ
ހޮނިހިރުދުވަހުވެސް 100 އެއްހާ މީހުން ހައްޔަރުކޮށްފައިވޭ

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ބަންގްލަދޭޝްގައި މި މަހު ފެށި އޮޕަރޭޝަނުގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ.

އިދާރާތަކުން ބުނެފައިވާގޮތުގައި ވެރިރަށް ޑާކާގައި ފުޅާ ދާއިރާއެއްގައި ތަންތަން ބަލާ ފާސްކުރެވެމުންދެއެވެ.

ހޮނިހިރު ދުވަހުވެސް 100 އެއްހާ މީހުން ހައްޔަރުކޮށްފައި ވާއިރު  ގާނޫނާ ޚިލާފަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ބެލެވޭ އެތައް ބައެއްގެ ގަޔަށް ބަޑިޖަހާފައިވެއެވެ.

އެކްޓިވިސްޓުންދަނީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ މަސްތުވާތަކެއްޗާ ދެކޮޅަށް އެ ގައުމުގައި ހިންގަވަމުން ގެންދަވާ ހަނގުރާމައާއި މިކަން އަޅައިކިޔާފައެވެ.

ރެޕިޑް އެކްޝަން ބެޓަލިއަން (އާރުއޭބީ) ފޯސެސްއިން ބުނާ ގޮތުގައި ބަންގްލަދޭޝްގައި އޮޕަރޭޝަން ފެށި ފަހުން މިހާތަނަށް އެތައް ހާސް ބަޔަކު ހައްޔަރުކޮށް، މަސްތުވާ ތަކެތި ބޭނުންކުރާ އެތައް ބަޔަކުވަނީ ޖޫރިމަނާ ކުރެވިފައެވެ.

ޑިސްޓްރިކްޓުގެ އޮފިޝަލުން ބުނި ގޮތުގައި އެންމެ ފަހުން ހިނގާދިޔަ ހާދިސާގައި އާރުއޭބީގެ އޮފިޝަލުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ ފަރާތްތަކަކާއި ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކުގައި މަސްތުވާތަކެތި ވިއްކާކަމަށް ތުހުމަތުކުރެވޭ ބަޔަކުވަނީ މަރުވެފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ބަންގްލަދޭޝްގައި ފަށާފައިވާ ކެމްޕެއިން އިފްތިތާހުކޮށްދެއްވާފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް