ކ. މާލެ
|
28 މެއި 2018 | ހޯމަ 09:39
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު
މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު
ރާއްޖެއެމްވީ
ބިދޭސީން އެތެރެކުރުން
ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން މަސައްކަތް އެބަ ކުރަން:ޝިފާ
ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން ބޭނުން
އިމިގްރޭޝަނާ އެކީ މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް

މާލެ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ޝިފާ ވިދާޅުވީ ދަފުތަރު އެކުލަވާލުމުގެ މަސައްކަތުގައި ކައުންސިލުގެ ފަރާތުން އިމިގްރޭޝަންއާ ބައްދަލުކޮށް މަޝްވަރާކޮށް އެހީއަށް އެދިފައިވާ މަށެވެ. އެ ބަައްދަލުވުމަށް ފަހު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމިގްރޭޝަނާ އެކީ މަސައްކަތް ކުރެވޭނެކަމުގެ އުއްމީދު އޮތް ކަމަށެވެ.

 

ދިވެހިރާއްޖޭގެ ސަރުކާރު ހިމެނިގެން 2014 ވަނަ އަހަރު އިއުލާން ކުރި ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 63637 ބިދޭސިން އެވަގުތު އުޅުނެވެ. އޭގެ ތެރެއިން ގިނަ މީހުން އުޅެފައިވަނީ މާލޭގައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއެކު، ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެއް ލައްކައަށް ވުރެ އިތުރުވާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް