ކ. މާލެ
|
28 މެއި 2018 | ހޯމަ 08:35
އިނގިރޭސިވިލާތަަށް ކުރި ވިއްސާރައިފައި ނަގާފައިވާ ވިދުވަރުގެ މަންޒަރެއް
އިނގިރޭސިވިލާތަަށް ކުރި ވިއްސާރައިފައި ނަގާފައިވާ ވިދުވަރުގެ މަންޒަރެއް
ރޯއި މެކްޑޯނަލްޑް
އިގިރޭސިވިލާތް
އިނގިރޭސިވިލާތަށް ވަރުގަދަ ގުގުރުންތަކެއް!
ހަަތަރު ގަޑިއިރުު ތެރޭ 15000 ފަހަރު ގުގުރައިފި
ގައުމުގެ ބޮޑުބައެއް ވަނީ ފެންބޮޑުވެފައި
ބަހާއި ރޭލުގެ ޚިދުމަތް މެދު ކެނޑިދާނެ

އިނގިރޭސިވިލާތައް ކުރަމުންދާ ވިއްސާރައިގައި ވަރަށް ވަރުގަދައަށް ގުގުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސް ހަތަރު ގަނޑިއިރު ތެރޭ ވަނީ 15000 ފަހަރު ގުގުރައިފައެވެ. މީހުން ދިޔައީ އަވަދި ނެތި ގުގުރާ މަންޒަރުގެ ފޮޓޯ ނަގަމުންނެވެ. ގިނަ ބަޔަކު ބުނީ ދުވަހަކުވެސް މިފަދަ ގޮތަކަށް ގުގުރި ތަނެއް ނުދެކޭ ކަމަށާއި މިއީ ޚިޔާލަށް ނުގެނެވޭ ވަރުގެ ރީތި މަންޒަރެއް ކަމަށެވެ.

ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ މިދުވަސް ވަރުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ގައުމުގެ ބޮޑުބައެއް ވަނީ ފެންބޮޑުވެފައެވެ. މީޓްރޮލޮޖިކަލް ސަރވިސްއިން ވަނީ ފެންބޮޑުވުމާއި ގުޅިގެން ޔެލޯ އެލާޓްވެސް ނެރެފައެވެ.

އާދީއްތަ ދުވަހު ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅަށް ހޮނުއަޅާ ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ، ބޯކޮށް ވެހުނު ވާރޭއިން ގައުމުގެ ބޮޑުބައި ވަނީ އިންޗިއަކަށް ވުރެ ބޮޑަށް ފެންގަނޑު އުފުލިފައެވެ. އެއީ އެއް ގަޑިއިރު ވަންދެން ވާރޭ ވެހުމުގެ ނަތީޖާއެވެ.

ވިއްސާރައާ ގުޅިގެން ފްލައިޓްތައް ވެސް ދަނީ ޑިލޭވަމުންނާއި ކެންސަލް ވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަހާއި ރޭލުގެ ޚިދުމަތްތަައް ވެސް އެހެން ވެދާނެ ކަމަށް، ކަމާއި ބެހޭ ފަރާތް ތަކުންވަނީ ބުނެފައެވެ. އެއާއެކު ކަރަންޓު ޚިދުމަތް މެނދު ކެނޑިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުރާ ވިއްސާރައިގައި އިތުރަށް ގުގުރާ، ވާރޭ ބޯކޮށް ވެހޭނެ ކަމަށް މީޓިއިރޮލޮޖިކަލް ސާވިސްއިން ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް