ކ. މާލެ
|
28 މެއި 2018 | ހޯމަ 01:34
ހެންވޭރުގައި މިރޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން:- ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން ދަނީ ތައްޔާރުވަމުން
ހެންވޭރުގައި މިރޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން:- ނަޝީދުގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން ދަނީ ތައްޔާރުވަމުން
މުހައްމަދު ޝަރުހާން
ޖަޒީރާ ރައީސް ކެމްޕެއިން
ނަޝީދުގެ ޕްރައިމަރީގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ބޮޑު ޖަލްސާއެއް ބާއްވަނީ
ޖަލްސާ އޮންނާނީ 29 ވަނަ ދުވަހުގެ ރޭ
މިރޭ ހެންވޭރުގައި ވަނީ ޖަގަހައެއް ހުޅުވާފައި

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން އަންނަ އަންގާރަ ދުވަހު ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަން ނިންމައިފި އެވެ.  

ހެންވޭރުގައި އާދިއްތަ ދުވަހުގެ ރޭ ނަޝީދުގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަރަކާތުގައި ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވީ 29 ވަނަ ދުވަހު ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް އެތަން އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 "އަޅުގަނޑުމެން މަސައްކަތްކުރީ އަލިމަސްކާނިވާ ސަރައްދުގައި ބޭއްވޭތޯ އެހެން ނަމަވެސް ސަރުކާރުން އެއްވެސް ވަރެއްގެ އެއްބާރުލުން ނުލިބުމުން އަދިވެސް ވަނީ ހަމަޖެހޭ ގޮތް ނުވެފައި. އެހެން ނަމަވެސް ކޮންމެވެސް ތާކު އަޅުގަނޑުމެން ޖަލްސާ ބާއްވާނަން،"އަސްލަމް ވިދާޅުވި އެވެ.

ހުޅުހެންވޭރު އޯކިޑް ޖަގަހަ ހުޅުވުމާއެކު އަސްލަމް ވިދާޅުވީ މި ޖަހައާއެކު ހެންވޭރުގައި ކެމްޕެއިން ހަރަކާތް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމަށެވެ. އަދި އެދިވަޑައިގެންނެވީ އިތުރަށް އަދިވެސް މުޅި ރާއްޖޭގައި ކެމްޕެއިންގެ ހަރަކާތް އިތުރުކުރެއްވުމަށެވެ.

 

ހެންވޭރުގައި ޖަގަހަ ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަރަކާތުގެ ތެރެއިން

އަސްލަމް ވިދާޅުވީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނަޝީދުގެ ކެމްޕެއިންގެ ކޮންމެވެސް ހަރަކާތެއް ހިންގޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

 އަސްލަމް ވިދާޅުވީ ޕްރައިމަރީ ބޭއްވުމާ ހަމައަށް އެކި ހަރަކާތްތައް ރާވާފައިވާ ކަމަށާއި ވޯޓުލާ ދުވަހު ނަޝީދުގެ ފަރާތުން ހަރަކާތްތެރިވާނެ ގުރޫޕްތައް ވެސް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ހެންވޭރުގައި ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވެސް ރައީސް ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
28 މެއި 2018 | ހޯމަ 04:04
އިންސާނާ
Libifaivaa furusath ge beynun Koh ehen meehaku hovaaafa minivan vaan ulhebala maa rangalhu vaane. Anni aai hure furusath thi gehlenee