ކ. މާލެ
|
28 މެއި 2018 | ހޯމަ 01:30
ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލުމަށް ގޮވާލައްވާފައި
ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލުމަށް ގޮވާލައްވާފައި
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ޖަޒީރާ ރައީސް
އިލެކްޝަންސް ކޮމިޝަނުން ވަނީ ރަތް ރޮނގު ހުރަސްކޮށްފައި، ކޮމިޝަން އަލުން އެކުލަވާލަންޖެހޭ: ރައީސް ނަޝީދު
ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބަލަހައްޓައިދިނުމަށް ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަށް ކިބައިން އެދިވަޑައިގެންފައި
މިވަގުތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ހުރަސްއަޅާފައި
ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގަލަކީ ސިޔާސީ ޕާޓީތައް

އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ނުފޫޒް ފޯރުވައި، ރަތް ރޮނގު ހުރަސްކޮށްފައިވާކަމަށާއި، އިންތިހާބުގެ ކުރިން އެ ކޮމިޝަން އަލުން އެކުލަވާލަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ ޕްރައިމަރީއަށް ކުރިއަށްގެންދާ ޖަޒީރާ ރައީސް ކެމްޕޭންގެ ދަށުން، އއ. އުކުޅަހުގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބަލަހައްޓައިދިނުމަށް ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި މިވަގުތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ހުރަސްއަޅާފައިކަމަށާއި، ބޭރުގެ ޤައުމުތަކުން އެކަން ދެކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގަލަކީ ސިޔާސީ ޕާޓީތައް ކަމަށާއި، ޕާޓީތަކުގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި ނުފޫޒް ފޯރުވުމަކީ ރަތް ރޮނގުކަމަށެވެ. އަދި އަލުން އަނބުރާ އިލެކްޝަންސް ކޮމިޝަން އެކުލަވާލުމަށް މަޖުބޫރުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އިލެކްޝަންސް ކޮމިޝަން އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ މަޖިލީސް ބައްދަލުވާންޖެހޭ. ރައްޔިތުންގެ މަޖިލީސް ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރުސަތުދޭންޖެހޭ. 12 މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ. އިލެކްޝަންސް ކޮމިޝަނުންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އެކަން ސާފުކޮށް ބަލައިގަންނަން އެބަޖެހޭ"

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބައިގެން ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަންވާންޖެހޭނީ މަޒީފާގެ މަސްއޫލިއްޔަތު އުފުލޭ، ވަކި ފަރާތަކަށް ނުޖެހޭ، ނަޒާހާތްތެރި އަދި އަގުވެއްޓިފައިނުވާ ކޮމިޝަނަކަށް ކަމަށެވެ. އަދި އެ ކޮމިޝަންވަންޖެހޭނީ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ބަލައިގަނެވޭ ކޮމިޝަނަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ޕާޓީތަކުން ނިންމުންތައް ނިންމަންޖެހޭ ވަގުތު ވަނީ ޖެހިފަ އެވެ. އެގޮތުން ޕާޓީތަކާއި، ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، ދިވެހިންގެ ކަންކަން އޮމާންކަމާއެކު ނިންމުމަށް ރައީސް ޔާމީން ފުރުސަތު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ލީޑަރުން އެކުގައި އިށީދެއްޖެނަމަ ހުރިހާ ކަމަކަށް ހައްލު ހޯދި، ދިވެހިން ބޭނުންވާ ރާއްޖެއަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. 

"ރައީސް ޔާމީނަށް ދަންނަވަން އޮތީ މިއީ ވަގުތޭ. އަޅުގަނޑުމެން އަލުން އަނބުރާ އިށީނދެ ފުރިހަމަ ރިޔާސީ އިންތިހާބެއް ބޭއްވުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތު. ދިވެހިންގެ ކަންކަން ރިވެތި ގޮތުގައި ކުރިއަށް ގެންދިއުމަށް، ދިވެހިން ގޮތްތައް ހޯދަންޖެހޭ. ދިވެހިންނަކީ ގޮތް ހޯދާ ބައެއް. އަޅުގަނޑުގެ ހިތުގައި އެކަމަކަށް ޝައްކެއް ނުހިނގާ" ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް