ކ. މާލެ
|
27 މެއި 2018 | އާދީއްތަ 21:30
ރައީސް މައުމޫން ބޭސްފަރުވާއަށް އޭޑީކޭއަށް ގެންނަވާފައި (ފައިލް ފޮޓޯ)
ރައީސް މައުމޫން ބޭސްފަރުވާއަށް އޭޑީކޭއަށް ގެންނަވާފައި (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫންގެ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުމެއް މާދަމާ!
މާދަމާ 12:00 އަށް ވަނީ ތާވަލްކޮށްފައި
މީގެ ކުރިން ބާއްވަން އުޅުނު ދެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި
އަދުލް އިންސަފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައިވޭ

ސަރުކާރު ވައްޓާލަން އުޅުމަށް ތުހުމަތުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިބްތިދާއީ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހުގެ 12:00 އަށް ތާވަލް ކޮށްފައިވާއިރު، ރައީސް މައުމޫންގެ ސިއްހީ ހާލަކޮޅު ގޯސްވެ، ކޯޓަށް ހާޒިރު ނުކުރެވިގެން އެންމެ ފަހުން ބާއްވަން މަސައްކަތްކުރި ދެ އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު 10:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ އެ އަޑުއެހުން ކެންސަލް ކޮށްފައިވާ އިރު އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ބުދަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ. 

ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ރައީސް މައުމޫންގެ މައްޗަށް ދަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.

މިދިއަ ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، ރައީސް މައުމޫން ޖަލުގައި ހައްޔަރުކޮށްފައިވާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ އެކު ޖުމަލް 09 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ. އޭގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް