ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑުގައިޖެހި ފިހާރައަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިއަދު މެންދުރު ހިނގި އެހާދިސާގައި ގެއްލުން ލިބިފައިވަނީ އަމީރު އަހުމަދު މަގުގައި ހުންނަ އަސޭނިއާ ފިހާރައަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު އަސޭނާ ފިހާރައިގެ ބިއްލޫރިގަނޑު ވަނީ ތަޅާގެން ގޮސްފަ އެވެ.
މިއެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާ ހިނގީ ޕާކުކޮށްފައި ހުރި ސައިކަލެއް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 11:20 ގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިހާދިޔާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.