ކ. މާލެ
|
27 މެއި 2018 | އާދީއްތަ 17:43
ލައިސެންސް ނަގަން ބޭނުންވާ މީހުންނަށް ފޯމް ދޫކުރަނީ
ލައިސެންސް ނަގަން ބޭނުންވާ މީހުންނަށް ފޯމް ދޫކުރަނީ
ޓްވިޓަރ
އެއްލަކިން މަށަށް ލައިސަންސް
އެއްލަކިން މަށަށް ލައިސެންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 746 މީހަކަށް ލައިސަންސް ދީފި
ހުކުރު އަދި ހޮނިހިރު ދުވަހު ލައިސަންސް ހޯދުމަށް 1394 އެޕްލިކޭޝަން ފޯމެއް ހުށަހަޅާފައި
މި ޕްރޮގްރާމްގައި ސައިކަލާއި ކާރުގެ އިތުރުން ޕިކަޕްގެ ލައިސަންސް ވެސް ނެގޭ
ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ސޯޝަލް މީޑިއާގެ މައުލޫމާތު ހޯދާތީ ފާޑުކިޔުންތަށް ވަނީ އަމާޒުވެފަ

ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ފްރޮގްރާމްގެ ދަށުން ޑްރައިވިންގ ލައިސަންސް 746 ފަރާތަކަށް ދޫކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމުގެ ދަށުން މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ލައިސަންސް ހޯދުމަށް 1394 އެޕްލިކޭޝަން ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް 746 މީހަކަށްދޫ ކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ސައިކަލާއި ކާރުގެ އިތުރުން ޕިކަޕްގެ ލައިސަންސް ވެސް ނެގެއެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ޑްރައިވިން ޓެސްޓް ވެސް ހަދަނި ހުރަވީ ބިލްޑިންގާއާއި ހުކުރު މިސްކިތާއި ދޭތެރޭގަ އެވެ. އެހެންކަމުން އެ ސަރަހައްދަށް ހިދުމަތް ހޯދަން ދާ މީހުންނަން އެ ސަރަހައްދުގެ ޖާގައިގެ ދަތިތަކާއި ވެސް ވަނީ ކުރިމަތިވެފަ އެވެ.

އެއްލަކިން މަށަށް ލައިސެންސްގެ ނަމުގައި ބާއްވާ މި ޕްރޮގްރާމުގައި ލައިސެންސް ހޯދުމަށް ފުރަންޖެހޭ ފޯމުގައި އެމީހެއްގެ އިންސްޓަގްރާމް އެކައުންޓް ނަމާއި ވައިބަރ ނަންބަރާއި ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހަންޖެހެ އެވެ.

މިކަމާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ މިފަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަނީތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް