ކ. މާލެ
|
27 މެއި 2018 | އާދީއްތަ 17:35
ެެެެެެެެެއުރީދޫ މެދުވެރިވެ އެއްވިއުގަޔަކުން މުޅި ފެނަކަ ގުޅާލުން
ެެެެެެެެެއުރީދޫ މެދުވެރިވެ އެއްވިއުގަޔަކުން މުޅި ފެނަކަ ގުޅާލުން
ޓްވިޓަރ
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ ހުރިހާ ބްރާންޗްތަކެއް ވިއުގަޔަަކުން ގުޅުވާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މިއެއްބަސްވުމުގެ ދަށުން އެއް ސްޕީޑެއްގައި އިންޓަނެޓް ލިބި ހުރިހާ ބްރާންޗަކުން އެއްވަރެއްގައި ޙިދުމަތްދޭނެ
އެކި ބްރާންޗްތަކާއި ހެޑް އޮފީހުން ބޭނުންވާ ލިޔެކިޔުންތައް ވަގުތުން ވަގުތަށް ފެނަކައިގެ އިންޓްރާނެޓުން ޝެއާ ކޮށްލެވޭނެ

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗްތަކެއް އެއްވިޔުއެއްގައި ގުޅުވާލުމަށް އުރީދޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެނަކަ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމާން އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ލަމާން ވިދާޅުވީ މީގެ ކުރިން އެކުންފުނީގެ އެކި ޚިދުމަތްތައް ދެމުން ގެންދިޔައީ އެކި ނެޓްވާކްތައް ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން އެކި ޚިދުމަތް ދެމުންގެން ދިޔައީ އެކި ސްޕީޑްގައި ކަމަށެވެ. ނަމަވެސް މިއެއްބަސްވުމުގެ ދަށުން ހުރިހާ ބްރާންޗްތަކަކަށް އެއް ސްޕީޑެއްގައި އިންޓަނެޓް ލިބި ހުރިހާ ބްރާންޗަކުން ވެސް އެއްވަރެއްގައި ޙިދުމަތްދޭނެ ކަމަށެވެ. މީގެ އިތުރަށް ލަމާން ވިދާޅުވީ ފެނަކައިގެ އެކި ބްރާންޗްތަކާއި ހެޑް އޮފީހުން ބޭނުންވާ ލިޔެކިޔުންތައް ވަގުތުން ވަގުތަށް ފެނަކައިގެ އިންޓްރާނެޓް އިން ޝެއާ ކޮށްލެވޭނެ ކަމަށެވެ.

ފެނަކައިން ބުނީ މިއެއްބަސްވުމުގެ ދަށުން ހެޑް އޮފީހުގައި މިވަގުތު ބޭނުންކުރަމުން ގެންދާ އީއާރުޕީ ބިލިންގް އާއި އެޗްއާރު ފަދަ މުހިންމު ސޮފްޓްވެއާތައް އެއް ނެޓްވާކެއްގެ ދަށުން ގެންދިއުމުން އާންމުކޮށް ދިމާވާ ކަނެކްޝަންގެ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި އުރީދޫގެ ނެޓްވާކުން ހުރިހާ ބްރާންޗްތައް ގުޅާލުމުން އެ ކުންފުނިން އެ ނެޓްވާކްތަކަށް ކުރަމުން އައި ހޭދަ 50 އިންސައްތަ ކުޑަކުރެވޭނެ ކަމަށް ވެސް ފެނަކައިން މައުލޫމާތުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް