ކ. މާލެ
|
27 މެއި 2018 | އާދީއްތަ 16:45
އެމްބިއުލެންސް
އެމްބިއުލެންސް
ރާއްޖެއެމްވީ
ހެލްތު މިނިސްޓްރީ
33 އެމްބިއުލެންސް މަރާމާތު ކުރަނީ
31 މެއި ގެ ކުރިން ލިޔުން ހުށަހަޅަންޖެހޭ
މީގެ ތެރޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުގެ އެމްބިއުލެންސް ހިމެނޭ

ހެލްތު މިނިސްޓްރީން ހިންގަމުންދާ އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ބޭނުން ކުރަމުންދާ އެމްބިއުލެންސްތަކުގެ ތެރެއިން  33 އެމްބިއުލެންސް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަން ހުށަހެޅުމަށް ހެދޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން 33 އެމްބިއުލެންސް މަރާމާތު ކުރާނެ ފަރާތެއް ހޯދާއިރު 2016 ވަނަ އަހަރުވެސް ހެލްތު މިނިސްޓްރީން ވަނީ 28 އެމްބިއުލެންސް އެއް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފަ އެވެ. އެގޮތުން ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެ އިތުރުންވެސް އިތުރު އެމްބިއުލެންސް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއިން އެސްޓީއޯއާއި ގުޅިގެން ދަނީ ކުރަމުންނެވެ. ހަމައެހެންމެ 2015 ވަނަ އަހަރު ވެސް ހެލްތު މިނިސްޓްރީން ވަނީ އެމްބިއުލެންސްތަކެއް ގެނެސްފަ އެވެ. އެފަހަރު ވަނީ ޕެރަމެޑިކް އެމްބިއުލެންސް ވެސް ގެނެސްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް