ކ. މާލެ
|
27 މެއި 2018 | އާދީއްތަ 15:01
މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް
މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް
ރާއްޖެއެމްވީ
މާލޭއޭރިއާގެ ފެނުގެ ނިޒާމް
ބްރިޖުން ޑިސްޓްރިބިއުޝަން ޕޮއިންޓްތަކަށް ފެން ހޮޅި އަޅައިދޭނެ ބަޔަކު ހޯދަނީ
ބްރިޖް މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން އާއި ފައިބާ އޮޕްޓިކް ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިމޭ ޕޮއިންޓްތަކުން މާލެ އަދި ހުޅުމާލޭގެ ޑިސްޓްރިބިޝަން ޕޮއިންޓް ތަކަށް ފެނުގެ ނިޒާމުގެ ހޮޅިވަޅުލުން އަދި ފައިބަރ އޮޕްޓިކް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިއުލާންކޮށްފައިވާ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށެވެ. އެގޮތުން ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 500.00ރ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 27 މޭ 2018 އިން 30 މޭ 2018 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް އެމްޑަބްލިޔުއެސްސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 31 މޭ 2018 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖޫން 2018 ވާ ދުވަހު 11:00 ގައި ކަމަށެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 11 ޖޫން 2018 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެ ކަމަށް ވެސް އެއިއުލާންގައި ވެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެ ކަމަށް ވެސް އެއިއުލާންގައި ވެއެވެ.

މިމަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެއާ ދެމެދު ތަރައްގީ ކުރަމުން އަންނަ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން އަދި ފައިބާ އޮޕްޓިކް ކޭބަލް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާ އެވެ.

ގާތްގަނޑަކަށް 1.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރާ މިމަޝްރޫއުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް