ކ. މާލެ
|
27 މެއި 2018 | އާދީއްތަ 17:47
ފޮޓޯއިން: މީހަކު އޭނާގެ ލެޕްޓޮޕްގެ ބްރައުޒާ ހިސްޓްރީ ޑިލީޓްކުރަނީ ؛  މެއި 25 ގައި ޖީޑީޕީއާރ އަށް އަމަލުކުރަން ފަޝާފައިވާއިރު ގިނަ ކުންފުނި ތަކަކާއި ދެކޮޅަށް ވަނީ ކޯޓުގައި މައްސަލަ ހުށަހަޅާފައި
ފޮޓޯއިން: މީހަކު އޭނާގެ ލެޕްޓޮޕްގެ ބްރައުޒާ ހިސްޓްރީ ޑިލީޓްކުރަނީ ؛ މެއި 25 ގައި ޖީޑީޕީއާރ އަށް އަމަލުކުރަން ފަޝާފައިވާއިރު ގިނަ ކުންފުނި ތަކަކާއި ދެކޮޅަށް ވަނީ ކޯޓުގައި މައްސަލަ ހުށަހަޅާފައި
ދަ ވާޖް
ޖީޑީޕީއާރް އިއުލާންކުރުން
ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް
ޖީޑީޕީއާރ ގެ ސަބަބުން އޮންލައިންކޮށް މައުލޫމާތު ހޯދުމަށް ހުއްދަ ހޯދަން ޖެހޭނެ
ޖީޑީޕީއާރ އަށް އަމަލުކުރަން ފެށުމާއިއެކު ގޫގުލް އަދި ފޭސްބުކްއާއި ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފައި

މެއި 25 ވަނަ ދުވަހު ޖީޑީޕީއާރް އަށް އަމަލުކުރަން ފެށުމާއެކު ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް 8.8 ބިލިއަން ޑޮލަރު ހޯދަން ކޯޓުތަކަށް މައްސަލަތަކެއް ވައްދައިފިއެވެ. 

ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް މައްސަލަ ވައްދާފައި ވަނީ އޮސްޓްރޭލިއާގެ ޕްރައިވެސީ އެކްޓިވިސްޓެއް ކަމަށްވާ މެކްސް ޝްރެމްސް އެވެ. ޖީޑީޕީއާރް އަކީ ޔޫރަޕްގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަމަށްވާއިރު މިއީ ޔޫރަޕްގެ ގައުމުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގަވާއިދެކެވެ. ނަމަވެސް އިންޓަނެޓަކީ ދުނިޔޭގެ އެންމެންވެސް ބޭނުންކުރާ އެއްޗަކަށް ވުމާއިއެކު މިކަމުގެ ފައިދާ އިންޓްނެޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށްވެސް ވާނެއެވެ.
ޖީޑީޕީއާރް ގެ ގާނޫނުގެ ދަށުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރާނަމަ އެ މައުލޫމާތު ރައްކާ ކުރުމުގެ ހުއްދައާއި މައުލޫމާތު ރައްކާކުރާ ސަބަބެއް ސާފުކޮށް ބަޔާންކުރަން ޖެހެއެވެ.

މެއި 25 ވަނަ ދުވަހު ޖީޑީޕީއާރްގެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ގިނަ ސޯޝަލް މީޑީއާ ވެބްސައިޓްތައް އަދި ކުންފުނިތަކުންވަނީ އެމީހުންގެ ޕްރައިވެސީ ޕޮލިސީ އިސްލާހުކޮށް ބޭނުންކުރާ ފަރާތްތަކާއި އެކަން ހިއްސާކޮށްފަ އެވެ. ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް ކޮށްފައިވާ ދައުވާތައް ގިނަ ބައިތަކަކަށް ބެހިފައިވާއިރު ފޭސްބުކް އާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ ބައިތަށް މަޝްހޫރު ފޮޓޯ ޝެއާރިންގް ޕްލެޓްފޯމް އިންސްޓްގްރާމް ގެ އިތުރުން ޗެޓް ކްލަޔަންޓް ވަޓްސްއެޕްގެ މައްޗަށްވެސް ވަނީ ކޮށްފައިއެވެ. މީގެ އިތުރުން ހަތަރުވަނަ މައްސަލަ ހުށަހަޅާފައިވަނީ ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމްގެ މައްޗަށެވެ. 

ޖީޑީޕީއާރް އިއުލާންކުރުމާއި ގުޅިގެން އޮންލައިން މައުލޫމާތު ހޯދުން މަދުވާނެ ކަމަށް ބައެއް ފަރާތްތަކުން އުންމީދުކުރާއިރު މިކަމުން ނިކުންނާނެ ނަތީޖާއެއް އިނގޭނީ ކުރިއަށްއޮތް ތަނުގައި ބޮޑެތި ކުންފުނިތަކުން އަމަލުކުރާ ގޮތަށް ބެލުމަށް ފަހުގައެވެ.

- ކޮމެންޓް