ކ. މާލެ
|
27 މެއި 2018 | އާދީއްތަ 12:28
ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމެއްގައި މެންބަރު ނިޒާރު ވާހަކަ ދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމެއްގައި މެންބަރު ނިޒާރު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޢަލީ ނިޒާރު
ޑރ ޖަމީލަށް މެންބަރު ނިޒާރުގެ ވަރުގަދަ ރައްދެއް!

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު، ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ގުޅުމަށްޓަކައި ޖަރުމަނުވިލާތުގައި ބޭއްވި ރަސްމިއްޔާތުގައި، ޑރ. ޖަމީލުގެ ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް އަމާޒުކުރައްވަމުން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރެވޭނީ "ހަމައެކަނި ތިމާ އަށޭ" ވިދާޅުވުމުގެ ހައްޤެއް އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ، މައްސަލަ ޙައްލު ކުރެވޭނީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި، ވަކިވެގަތުމުން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދުރަށް ޖެހިގެން ތިބި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލެވޭނީ އިދިކޮޅު ފަރާތްތައް އެކުވެރިކަމާއެކު ތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ ވާހަކަތަކަށް ރައްދު ދެއްވައި ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫންގެ ކެބިނެޓްގައި ހިމެނި އެވެރިކަން ވައްޓާލުމުގައި، އަދި ނަޝީދުގެ ކެބިނެޓްގައި ހިމެނި ބަޣާވާތް ކުރުމުގައި، އެއަށް ފަހު ވަހީދު ކެބިނެޓްގައި ހިމެނި ޔާމީނާއެކު ނައިބަކަށް އަދި ޔާމީންގެ ނައިބު ކަމުގައިވެސް ހިފަހައްޓާނުލެވުނު ކަމަށެވެ. އަމިއްލަ އެދުން ނޫން އެހެންކަމެއް އެބައޮތްތޯ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހަރާބުވެފައިވާ ކަމަށާއި އެ ނިޒާމް ބަދަލުކުރަން ޖެހިފައިވާކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ޚިޔާލަކަށް އައްސަވާނެ ކަމަށް ނަޝީދު ވިދާޅުވުމުންވެސް ޖަމީލު ވަނީ އެކަމާ  ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 މެއި 2018 | އާދީއްތަ 19:06
ބީވާ
ޖަމީލުމެން ކަހަލަ ކިބުރުވެރި ބޮޑާ މީހުންނަށް ބަރުލަމާނީ ކަމަކު ނުދާނެ