ކ. މާލެ
|
27 މެއި 2018 | އާދީއްތަ 12:22
މާލޭގެ ބޭރު ތޮށްޓައް ރާޅެއް ބިންދާލަނީ. ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ކަނޑުތައް ފގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނޭ
މާލޭގެ ބޭރު ތޮށްޓައް ރާޅެއް ބިންދާލަނީ. ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ކަނޑުތައް ފގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނޭ
މުހައްމަދު އަނިލް
ރާާއްޖޭގެ މޫސުން
ވައިގަދަވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ!
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ބުނޭ

ވައިގަދަވެ ކަނޑުތައް  ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރއިން (މެޓް އޮފީހުން) އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަދަ ވަޔާއިއެކު ވާރޭވެހި، ހުރިހާ ހިސާބެއްގެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 12 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. 

27 މެއި 2018ގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:

އުތުރުގެ ސަރަހައްދުތަކަށް   މިއަދު 11:17 އަދި މިރޭ 22:17 ގައި

މެދުތެރޭގެ ސަރަހައްދުތަކަށް  މިއަދު 12:04 އަދި މިރޭ 23:47 ގައި

ދެކުނުގެ ސަރަހައްދުތަކަށް   މިއަދު 12:43 އަދި ދަންވަރު 00:37 ގައި  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް