ކ. މާލެ
|
27 މެއި 2018 | އާދީއްތަ 11:09
ކުރީގެ ރައީސް ނަޝީދު: ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަނީ ކުރައްވަމުން
ކުރީގެ ރައީސް ނަޝީދު: ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަނީ ކުރައްވަމުން
ރާއްޖެއެމްވީ
ޖަޒީރާ ރައީސްގެ ކެމްޕެއިން
ރައީސް ނަޝީދުގެ ރަނިންގމޭޓަކަށް އަތޮޅުތެރޭ ބޭފުޅެއް
ނައިބު ރައީސަކަށް އަޅުގަނޑުމެންލާނީ އެކަށީގެންވާ ރަނގަޅު އިޚްލާސްތެރި ބޭފުޅެއް
ރަނިންމޭޓަކަށް އަތޮޅުތެރޭ ބޭފުޅަކު ހަމަޖެއްސުމަކީ މުހިއްމު ކަމެއް
2013 ގައިވެސް ހުންނެވީ އަތޮޅުތެރޭ ބޭފުޅެއް

އަންނަ ރިޔާސީ އިންތިހާބުގައި ނައިބު ރައީސެއްގެ ގޮތުގައި (ރަނިން މޭޓަކަށް) ކަނޑައަޅުއްވާނީ މާލޭ ބޭފުޅެއް ނޫން ކަމަށާއި އަތޮޅުތެރެއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ސަޕޯޓަރުން ކޮށްފައިވާ ސުވާލުތަކަށް ފޭސްބުކްލައިވް މެދުވެރިކޮށް ހޮނިހިރު ދުވަހު ހަވީރު ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނައިބު ރައީސަކަށް މިފަހަރުވެސް ހަމަޖައްސަވާނީ މާލޭގެ ބޭފުޅެއް ނޫން ކަމަށާއި ރަނިންމޭޓަކަށް އަތޮޅުތެރޭ ބޭފުޅަކު ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

"ނައިބު ރައީސަކަށް ހަމަގައިމުވެސް އަޅުގަނޑު ކުރިމަތިލާ އިރެއްގައި އަޅުގަނޑު ދެކޭގޮތުގައި މާލޭމީހެއް ނޫން  ހުރުން . އެއީ ވަރަށް މުހިއްމުކަމެއް. އެހެންވީމާ އިރާދަކުރެއްވިއްޔާ އެމަގަށް އަޅުގަނޑު ގެންދާނަން. ނައިބު ރައީސަކަށް އަޅުގަނޑުމެންލާނީ އެކަށީގެންވާ ރަނގަޅު އިޚްލާސްތެރި ބޭފުޅެއް. މިވަގުތު ދަންނަވާނީ މާލެއިން ބޭރު ބޭފުޅެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފުރަތަމަ ރަނިންމޭޓަކަށް 2008 ގައި ނުކުންނެވީ މާލެއަށް ނިސްބަތްވާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ޑރ ވަހީދު އިސްދައުރެއް އަދާކުރެއްވި ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ރައީސް ނަޝީދުގެ ވެރިކަން ނިމުމަށް ފަހު ޑރ ވަހީދު ވެރިކަން ކުރެއްވީ އެމްޑީޕީ ބާކީކޮށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވެ.

ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރަނިންމޭޓަކަށް ރައީސް ނަޝީދު ހަމަޖެއްސެވީ، ރައީސް ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު އަދި ފަހުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ހުންނެވި ޑރ މުސްތަފާ ލުތުފީއެވެ. މުސްތަފާއަކީ އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. މިހާރުވެސް މުސްތަފާ ގެންދަވަނީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރި ވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް