ކ. މާލެ
|
27 މެއި 2018 | އާދީއްތަ 09:30
71 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން
71 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން
ފޮރިން މިނިސްޓްރީ
ވޯލްޑް ހެލްތު އެސެމްބްލީ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެސެމްބްލީ ނިންމާލައިފި
މި ބައްދަލުވުން ނިންމާފައިވަނީ އިއްޔެ
މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ވަނީ ބައިވެރިވެފައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑް ހެލްތު އެސެމްބްލީގެ 71 ވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ސިއްޙަތާބެހޭ ގޮތުން މުހިންމު 23 ކަމެއް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ސްޓެރެެޓިޖިކް ޕްލޭން ވަނީ މެމްބަރު ޤައުމުތަކުން ފާސްކޮށްފައެވެ.

މިއަހަރުގެ މިބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރި ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ. އަހަރުގެ ހެލްތު އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމް ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުލް ޞަމަދު ޢަބްދުﷲ ވަނީ އަދާކުރައްވާފައެވެ. ދިވެހި ވަފުދުން ވަނީ މިބައްދަލުވުމުގެ ހަވާސާގައި މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް، ސައިޕްރަސްއާއި ސްޓޮޕް ޓީބީގެ ވަފްދާއި އެކު ބައްދަލުކޮށް، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ގޮތްތަކަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ހާއްސަ ފަންނީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ހާއްސަކޮށް ކުދި ގައުމުތަކަށް ތިމާވެށީގެ ފަރާތުން ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރާ މަސައްކަތްތަކާއި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތަކަށް ވަނީ އަލިއަޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް