ކ. މާލެ
|
27 މެއި 2018 | އާދީއްތަ 07:03
އެތެއް އަމިއްލައަށް ކުރަހަނީ
އެތެއް އަމިއްލައަށް ކުރަހަނީ
ވޮފުލްސް އެޓް ނޫން
ކުރެހުން
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން
 
މި އެތް އަމިއްލަ އަށް ނަން ވެސް ލިޔޭ

އެތް ތަކެއް އަމިއްލަޔަށް ކުރެހުންތަކެއް ކުރަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. ދޭތެރެ ދޭތެރެއިން މި ވީޑީއޯތައް ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދަމުންދެ އެވެ. ނަމަވެސް ގިނަ ބަޔަކު މި ވީޑީއޯއިން ފެންނަ އެތްތަކަށް މި ގޮތަށް ކުރެހިދާނެކަމާ މެދު ސުވާލު އުފައްދައެވެ. އެއީ ސޯޝަލް މީޑިއާގައި މިގޮތަށް ދައުރުވާ ވީޑިއޯތައް ވަރަށް ގިނަ ފަހަރަށް އެޑިޓް ކޮށްފައި ހުންނާތީ އެވެ.

ނަމަވެސް "ސުޑާ" ނަމަކަށް ކިޔާ އެތެއް ހަގީގަތުގައި ވެސް މިވަނީ އަމިއްލައަށް ކުރަހައިފަ އެވެ. މި އެތް އަމިއްލައަށް ފިހިން ކުރަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ދިވެހިންގެ ވެސް ގިނަ ބައެއްގެ މެދުގައި މި ވީޑިއޯ މަގުބޫލުކަން ހޯދާފައިވާއިރު ވީޑިއޯގައި މި އެތް ގެންގުޅޭ މިހާ ހަމައެކެނި ކޮއްދޭކަމަކީ ސުޑާ އަށް ޖައްސަންވީ ކުލަ ހާކައިފައި ފިހި ދިއްކޮށްލުމެވެ. ދެން ބަކީ މަސައްކަތް ސުޑާ އަމިއްލައަށް ކުރިޔަށް ގެންދެއެވެ.

 ސުޑާ ކުރަހާފައިވާ މަންޒަރެއް 

ސުޑާ މިއީ ޓައިވާންގެ އެތް ގެންގުޅޭ ކޭމްޕެއްގައި ގެންގުޅޭ އެތެކެވެ. ސުޑާގެ އިތުރުން ކުޑަ ދެ އެތަކަށް ވެސް މިގޮތަށް ކުރަހަން ވަނީ ދަސްކޮށް ދީފައެވެ.

ސުޑާ އަމިއްލަޔަށް އެތެއްގެ ފޮޓޯ އޭތިގެ ނަން އަމިއްލައަށް ލިޔާ މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު މި ކުރެހުންތައް ފަތުރުވެރިންނަށް ވިއްކައިގެން މި އެތްތައް ބަލަހައްޓާ މަރުކަޒުން ދަނީ އާމްދަނީ ވެސް ހޯދަމުންނެވެ. މި ފައިސާ ބޭނުންކުރަނީ އެތްތައް ގެންގުޅޭ މަރުކަޒުގެ އެކި ކަންކަން ކުރުމަށްށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި