Advertisement
ކ. މާލެ
|
12 ޖެނުއަރީ 2017 | ބުރާސްފަތި 08:49
އިލެކްޝަންސް ކޮމިޝަންގެ އިދާރާ
އިލެކްޝަންސް ކޮމިޝަންގެ އިދާރާ
ގޫގުލް
ލާމަރުކަޒީ ނިޒާމު
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ޑިމޮކްރަޓިކް ނިޒާމެއްގައި ޕާޓީއެއްގެ ބޭނުމަކީ ގައުމީ މަސްލަހަތާ ދެކޮޅު ކަންކަން ހުއްޓުވުންކަމަށް ވިދާޅުވި
އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން މަސައްކަތްކުރަނީ ސަރުކާރާއި ގުޅިގެން

ލޯކަލް ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކަށް ފުރުސަތުދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވަ އަމީން އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީއާއި ހިލާފަށް، އަދި ކޯޓުތަކުގެ ހިޔަނީގައި އިލެކްޝަންސް ކޮމިޝަނާއި ސަރުކާރު ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާއަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. 

އޭގެއިތުރުން ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި އަމީން ވިދާޅުވެފައިވަނީ، ޑިމޮކްރަޓިކް ނިޒާމެއްގައި ޕާޓީއެއްގެ ބޭނުމަކީ ގައުމީ މަސްލަހަތާ ދެކޮޅު ކަންކަން ހުއްޓުވުން ކަމަށާއި، އެ ގާބިލުކަން ނެތް ނަމަ ކުޑަމިނުން އެކަން ކުށްވެރި ކުރަން ޖެހޭނެ ކަމަށެވެ.

އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާގޮތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި އައު އިންތިހާބެކެވެ. ނަމަވެސް އެކަމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. 

އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރާއެކު، އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއިމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމެޓީގައި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ އެއްވެސް ހިޔާލެއް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް