ކ. މާލެ
|
27 މެއި 2018 | އާދީއްތަ 02:36
އެލަން ބީން
އެލަން ބީން
ވީއޯއޭ ނިއުސް
އެލަން ބީން
ހަނދުގައި 4 ވަނަ ހިނގި އެސްޓްރޯނަޓް، ބީން، މަރުވެއްޖެ
އެލަން ހަނދުގައި 31 ގަޑީއިރު ހޭދަކުރި

ހަނދުގައި ހަތަރު ވަނަ އަށް ހިނގި އެސްޓްރޯނަޓް އެމެރިކާގެ އެލަން ބީން އުމުރުން 86 އަހަރުގައި މަރުވެއްޖެ ކަމަށް ނާސާ އިން ނާއި ބީންގެ އާއިލާ އިން ހާމަ ކޮށްފިއެވެ.

ބީން މަރުވީ ހޮނިހިރު ދުވަހު ކަމަށާއި މަރުވީ ކުޑަ ދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހުގައި ކަމަށް ވެސް އާއިލާ އިން ބުނެފައިވެއެވެ.

ބީން އަކީ އެޕޯލޯ 12 ގެ ލޫނާ މޮޑިއުލްގެ ޕައިލެޓް އެވެ. އެއީ ދުނިޔެއިން ހަނދަށް ދިޔަ ދެވަނަ އުޅަނދެވެ. އެޕޯލޯ 12 ހަނދަށް ޖެއްސީ 1969 ވަނަ އަހަރު އެވެ.

އިންސާނުންނާ އެކު ޖައްވަށް އެމެރިކާ އިން 1973 ވަނަ އަހަރު ފުރަތަމަ ފޮނުވި ސްޕޭސް ސްޓޭޝަން ކަމުގައިވާ ސްކައިލެބް ގެ ކޮމާންޑަރަކީ ވެސް ބީން އެވެ. އެ ދަތުރުގައި ބީން ވަނީ 59 ދުވަހުގެ މުއްދަތައް ދުނިޔެ ވަށާ ބުރު ޖަހާފައެވެ.

ބީން ވަނީ އޭނާގެ ކެރިއަރގައި 31 ގަޑީއިރު ހަނދުގައި ހޭދަކޮށްފައެވެ. އަދި ޖައްވުގައި ޖުމްލަ 69 ދުވަސް ހޭދަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް