ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 22:04
އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން
އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
އެއްލަކިން ލައިސަންސް ޕްރޮގްރާ
އެއްލަކިން ލައިސަންސް ޕްރޮގްރާމް: މިރޭ އާ ނަމްބަރު ދުލެއް ނުކުރޭ
މިރޭ ޚިދުމަތް ދޭނީ ހުކުރު ދުވަހުގެރޭ ނަމްބަރު ނެގި މީހުންނަން
ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ސޯޝަލް މީޑިއާގެ މައުލޫމާތު ހޯދާތީ ފާޑުކިޔުންތަށް ވަނީ އަމާޒުވެފަ
މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހު

ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ލައިންސަންސް ނެގުމަށް މިރޭ ޓޯކަން ނަމްބަރު ދޫ ނުކުރަން ވަނީ ނިންމާފައެވެ.

އެއް ދުވަހުން ލައިސަންސް ދޫކުރުމަށް ހުކުރު ދުވަހުގެރޭ ފެށި މި ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުގެ ރޭ ޓޯކަން ނަމްބަރު ނެގި މީހުންނަށެވެ. ހުކުރު ދުވަހުގެ ރެއެކޭ އެއްގޮތަށް ހޮނިހިރު ދުވަހުގެރޭ ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާ ހުރަވީ ބިލްޑިންގް ތިރީގައި ގިނަ ބަޔަކު ކިއު ހަދައިގެން ތިބެންޖެހިފަވެއެވެ. މި ކަމާއި ގުޅިގެން ބައެއް އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.

"މި ކަމަކީ ރަނގަޅު ކަމެއް، އެހެންނަމަވެސް އަޅުގަނޑުމެންނަން ވާނުވާއެއް ނޭނގޭ، މި ބުނީ ކިހިނެތް ކަމެއް މި ހަރަކާތް ކުރިއަށް ދަނީ، މިރޭ ނަމްބަރު ނަގަން އައިމަ މި ބުނަނީ މިރޭ ނަމްބަރެއް ދުލެއް ނުކުރެއޭ، މިރޭ ހިދުމަތް ދެނީ ހުކުރު ދުވަހުގެރޭ ނަންބަރު ދޫކުރި މީހުންނަންށޭ، ހުކުރު ދުވަހުގެރޭ މިކަން އެންގި ނަމަ، ކިއުގަ 3 ގަޑިއިރު މަޑުކޮށްގެންވެސް ނަންބަރު ނަގާނަން" ހޮނިހިރު ދުވަހުގެރޭ، ހުކުރު ދުވަހުގެރޭ ނަމްބަރު ދޫކުރި މީހުންނަން އެކަނި ޙިދުމަތް ދިނުމަށް ނިންމުމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުންޏެއެވެ.

 އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

މި ޕްރޮގްރާމްގައި ސައިކަލާއި ކާރުގެ އިތުރުން ޕިކަޕްގެ ލައިސަންސް ވެސް ނެގެއެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ޑްރައިވިން ޓެސްޓް ވެސް ހަދަނި ހުރަވީ ބިލްޑިންގާއާއި ހުކުރު މިސްކިތާއި ދޭތެރޭގައެވެ، އެހެންކަމުން އެ ސަރަހައްދަށް ހިދުމަތް ހޯދަން ދާ މީހުންނަން އެ ސަރަހައްދުގެ ޖާގައިގެ ދަތިތަކާއި ވެސް ވަނީ ކުރިމަތިވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ޓޯކަން ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ، މިހާރު ދޫކޮށްފައިވާ ނަމްބަރުތަކަށް ހިދުމަތް ދިނުމަށްފަހުގައެވެ. މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހުއެވެ.

އެއްލަކިން މަށަށް ލައިސެންސްގެ ނަމުގައި ބާއްވާ މި ޕްރޮގްރާމުގައި ލައިސެންސް ހޯދުމަށް ފުރަންޖެހޭ ފޯމުގައި އެމީހެއްގެ އިންސްޓަގްރާމާއި ވައިބަރ ނަންބަރާއި ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހަންޖެހެއެވެ.

 

އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމްގެ ތެރެއިން

މިކަމާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ މިފަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަނީތޯ ވަނީ ސުވާލު އުފައްދާފައެވެ.

ހުކުރު ދުވަހުގެރޭ ދޫކުރި ފޯމުގައި ދައުލަތުގެ ނިޝާން ނެތްކަމަށާއި މީގެ ކުރިން ލައިސަންސް ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ފޯމުގައި ދައުލަތުގެ ނިޝާން ހުންނަކަމަށާއި އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޕެއިނެއްތޯވެސް ވަނީ ސުވާލު ކޮށްފައެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ސޯޝަލް މީޑިއާތަކުގެ މައުލޫމާތު އެއްކުރަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ވަނީ މައުލޫމާތު ސާފުވާގޮތް ނުވެފައެވެ. އެހެން ނަމަވެސް ބައެއް މީޑިއާތަކަށް މަހުދީ ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުރިއާ ހިލާފަށް އެ މައުލޫމާތު ހޯދަން ފޯމުތަކުގައި ހިމެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެފިކާ ބެހޭ މައުލޫމާތު ދިނުމަށް ކަމަށެވެ.

އެއްލަކިން އަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ މި ފަހަރުގެ ޝިއާރެވެ. އެހެންކަމުން އެއްލަކިން މަށަށް ލައިސެންސް އަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ބައެއްކަމަށްވެސް ބައެއްފަރާތްތަކުން ތުހުމަތު ކުރެއެވެ. މާލެއަށްފަހު ހުޅުމާލޭގައި އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް