ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 22:07
ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި މަގެއްގައި ބަޔަކު ހިނގާފައި ދަނީ
ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި މަގެއްގައި ބަޔަކު ހިނގާފައި ދަނީ
އޭއެފްޕީ
ސްރީލަންކާ ވިއްސާރަ
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 20 އަށް
153000 މީހުން ހާލުގައި ޖެހިފައިވޭ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ފެންބޮޑުވުމާއި އަދި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 20 މީހުން މަރުވެ 153000 މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ބޯ ވިއްސާރައިގެ ސަބަބުން ދެމީހަކު ގެއްލިފައިވާ އިރު، ބަންޑުންވެފައިވާ ކޯރުތަކުގެ ފެންގަނޑު ކުރިން ހުރި ވަރަށް ތިރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނުވަމީހަކު ގެނބިގެން މަރުވެފައިވާއިރު ފަސް މީހަކަށް ވިދާ ގުުގުރުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 

ކޮންމެ އަހަރެއްގެ ވެސް މޭ މަސް ވެފައިވަނީ ލަންކާއަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެއްކަމަށްވާއިރު، މިދިޔަ އަހަރުގެ ވެސް މޭމަހު ލަންކާއަށް ކުރި މޫސުމީ ވިއްސާރާގައި އެތައް ފުރާނައެއް ގެއްލިފައިވެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ކަންކަމުގައި 850 ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

ވެރިރަށް ކޮލަމްބޯގައިވެސް ބޯ ވިއްސާރައިގެ ސަބަބުން 18000 މީހުން ހާލުގައި ޖެހިފައިވާއިރު މުޅި ސްރީލަންކާއިން 4700 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި 105 ގެއެއް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް