ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 19:11
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މުހައްމަދު ޝަރުހާން
ކަރާގެ އަގު
ކަރާގެ އަގު 20ރ. އަށް ދަށަށް
އެންމެ ބޮޑު ޑިމާންޑެއް އޮތީ މޭވާއަށް
ކަރާ ގެންނަނީ އއ.ތޮއްޑޫ، ހއ. ކެލާ އަދި ކ. ކާށިދޫ އިން

 މާރުކޭޓުގައި ކަރާގެ އަގު 20ރ. އަށް ދަށަށް ހިނގައްޖެ އެވެ.

 ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު ހެޔޮވެފައިވަނީ ކަރާ ލިބޭ މިންވަރު އިތުރުވުމުން ކަމަށެވެ. މާރުކޭޓަށް ކަރާ އެންމެ ގިނައިން ގެންނަނީ އއ. ތޮއްޑޫ އާއި ހއ. ކެލާ އާއި ކ. ކާށިދޫ އިންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަ ކަރާވެސް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ.

މާރުކޭޓުގައި ލިބެން ހުރި އެހެން ތަކެތީގެ އަގުތަކަށް ބަލާ އިރު މިރުސް ކިލޯއެއް ލިބެން ހުރީ 400ރ އަށެވެ. އަދި ސަތޭކަ ގްރާމް ލިބެން ހުރީ 35ރ. އާއި 45ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.

ޖުމްހޫރީ މޭވާ ކިލޯ ލިބެން ހުރީ 50ރ. އަށެވެ. އަންނާރު ކިލޯއެއް 75ރ. އަށް، ފަޅޯ ކިލޯއެއް 20ރ. އަށް ލިބެން ހުރި އިރު އަލަނާސި ގަނޑެއް 40ރ. އަށެވެ. މާރުކޭޓުގައި ދޮންކޮޔޮ ލިބެން ހުރީ 10ރ. އަށް ހަތަރު ވަކެވެ. ބަރަބޯ ލިބެން ހުރީ 30ރ. އަށް ކިލޯއެކެވެ. މީގެ އިތުރުން ބަށި ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ.

މާރުކޭޓުގައި އެންމެ ގިނައިން މީހުން ގަންނަނީ މޭވާގެ ބާވަތްތައް ކަމަށާއި މިރުހަށްވެސް ބޮޑު ޑިމާންޑެއް އޮންނަ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް