ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 18:13
ޓީޗަރުންނަށް ޓެބްލެޓް ހަވާލު ކުރަނީ
ޓީޗަރުންނަށް ޓެބްލެޓް ހަވާލު ކުރަނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޓެބްލެޓް ހަވާލުކުރުން
ޓެބްލެޓާ ހަވާލުވުމަށް ޓީޗަރުން ޖެހިލުންވާ ވަރުގެ އެއްބަސްވުމެއް
ޓެބްލެޓަށް ލިބޭ ކޮންމެ ގެއްލުމަކަށް ފުރިހަމައަށް ޒިންމާ އުފުލަން ޖެހޭ
ޓެބްލެޓް ގެއްލިއްޖެ ނަމަ މުސާރައިން ކަނޑާފައި ޓެބްލެޓް ގަތުމުގެ ބާރު އެޑިއުކޭޝަނަށް އޮވޭ

ސަރުކާރުން ޓެބްލެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުންނަށް ޓެބްލެޓް ދޫކުރުމަށްޓަކައި ވެވޭ އެއްބަސްވުމަކީ ޓީޗަރުން ވަރަށް ބޮޑަށް އަޅުވެތި ކުރެވޭގޮތައް ޖެހިލުންވާވަރުގެ އެއްބަސްވުމެއްގެ ދަށުން ދޫކުރެވޭ ޓެބްލެޓްތަކެއް ކަމަށް ބައެއް ޓީޗަރުން ބުނެފިއެވެ.

ޓެބްލެޓާ ހަވާލުވާ ޓީޗަރުންގެ އިޤްރާރުގައި ބުނެފައިވާ ގޮތުގައި ޓެބްލެޓަށް ލިބޭ ކޮންމެ ގެއްލުމަކަށް ފުރިހަމައަށް ޒިންމާ އުފުލަން ޖެހެއެވެ. ޓެބްލެޓަށް ލިބޭ ގެއްލުމެއްގެ ސަބަބުން އެޓެބްލެޓްގެ ބޭނުން ނުކުރެވޭ ފަދަ ގޮތެއް ދިމާވެއްޖެނަމަ، ނުވަތަ ޓެބްލެޓް ގެއްލިއްޖެނަމަ އެޓެބްލެޓްގެ ބަދަލު ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތަކަށް ދިނުމަށް އެއްބަސްވާން ޖެހެއެވެ.

އެއެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި ވަޒީފާ އަދާކުރަމުންދާ ސްކޫލްގެ ވަޒީފާއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ސްކޫލަކަށް ބަދަލުކޮށްފިނަމަ ސްކޫލުން އަންގާ ގޮތެއްގެ މަތިން ޓެބްލެޓް ސްކޫލާ ހަވާލު ކުރުމަށް ދިނުމަށް އެއްބަސްވާން ޖެހެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ޓެބްލެޓްގެ ބަދަލު ނުދެވިއްޖެނަމަ މުސާރައިން ކަނޑައިގެން ޓެބްލެޓްގެ ބަދަލު ހޯދުމުގެ އިޒުނަ މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ދޫކުރާ ޓެބްލެޓްގެ ބަދަލުގައި އަމިއްލަ ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއް ފަދަ އެއްޗެއް ބޭނުންކުރިކަމުގައިވީނަމަވެސް ސްކޫލުން ދޫކުރާ ލޮގިން އައިޑީއާއި ޕާސްވޯޑް ބޭނުންކޮށްގެން ލިބޭ މައުލޫމާތާއި ރިސޯސް ވަޒީފާގެ ރަސްމީ ބޭނުމަށް މެނުވީ ބޭނުން ނުކުރުމަށް ޓީޗަރު އެއްބަސްވާން ޖެހެއެވެ. އަދި އަމިއްލަ ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއް ސްކޫލަށް ގެންދިޔަކަމުގައިވީނަމަވެސް އެފަދަ ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއްގައި ސްކޫލް މާހައުލުގައި ބޭނުންކުރުން ހުއްދަނޫން ސޮފްޓްވެއަރއާއި ފޮޓޯއާއި ފިލްމުފަދަ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އެއްބަސްވާން ޖެހެއެވެ.

އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރު ވަނީ ޓީޗަރުން ލައްވައި މިވަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުވާއިރު ބުޅި ކެނޑެނީ ކެޔޮޅުންގެ އަތުން ކަންވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ނޭނގެނީ ބާއޭ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ. ނޫނީ މިއީ ޓީޗަރުން އަޅުވެތިކުރުމަށް ޖަހާ މަޅިއެއް ބާއޭވެސް އާތިޔާ ވިދާޅުވެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް