ކ. މާލެ
|
27 މެއި 2018 | އާދީއްތަ 10:36
ސަރ ރިޗަރޑް ބްރޭންސަން
ސަރ ރިޗަރޑް ބްރޭންސަން
ބީބީސީ
ވަރޖިންގެ ޖައްވީ ދަތުރު
ރިޗަރޑް ބްރޭންސަން ޖައްވަށް ދާން ތައްޔާރުވަނީ
ދުވާލަކު ހަތަރު ފަހަރު ޓެނިސްކުޅެ ފިޓްނަސް ރަނގަޅުކޮށްފިން:ބްރޭންސަން

އެސްޓްރޮނޯޓަކަށްވުމަށް ތަމްރީނު ހަދަމުންދާކަމަށާއި ޖައްވަށްކުރާ ފުރަތަމަ ދަތުރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވަރޖިން ކުންފުނީގެ ވެރިޔާ ސަރ ރިޗަރޑް ބްރޭންސަން ވިދާޅުވެއްޖެ އެވެ.

ބީބީސީ ރޭޑިއޯ 4 ގެ ޔޫ އެންޑް ޔުއަރސް ޕްރޮގްރާމްގައި ބްރޭންސަން ވިދާޅުވީ "އަހަރުމެން މި ވާހަކަ ދައްކަނީ މަސްތަކެއް ފަހުގެ ވާހަކަ އަހަރުތަކެއް ނޫން. އެހެންވީމަ އެއީ ވަރަށް އަވަސް. ކުރިޔަށް އޮތީ އުފާވެރި ވަގުތުތައް،"

އުމުރުން 67 އަހަރުގެ މަލްޓި މިލިއަނަރ ވިދާޅުވެފައި ވަނީ ޖައްވަން ދިއުމުގެ ތަމްރީނާއި، ފިޓްނަސް ތަމްރީނާއި، އެހެނިހެން ތަމްރީނުތައް ހަދަމުންދާކަމަށެވެ. ޖައްވަށް ދާންވާއިރަށް ހަށިގަނޑު އެކަމަށް ތައްޔާރުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބްރޭންސަން ބުނެފައިވެއެވެ.

ވަރޖިން ގެލަކްޓިކްގެ ނަމުގައި 2004 ވަނަ އަހަރު ކުންފުންޏެއް އުފެއްދުމަށްފަހު ވިޔަފާރީގެ އުސޫލުން ޖައްވަށް ފަތުރުވެރިން ގެންދިއުމުގެ މަސައްކަތް ކުރުމަށް ބްރޭންސަން ގެންދަނީ އިންވެސްޓް ކުރަމުންނެވެ.

ރިޗަރޑް ބްރޭންސަން ގެންދަނީ ޖަށްވަށް އެންމެ ފުރަތަމަދާ ފަތުރުވެރިންގެ ތެރޭގައި އޭނާ ހިމެނުމަށް އުއްމީދުކުރަމުންނެވެ.

އެސްޓްރޮނޯޓް ތަމްރީނުތައް ރަނގަޅަށް ކުރިޔަށްދާކަމަށް ބުނެފައިވާއިރު އޭނާވަނީ ދުވާލަކު ހަތަރު ފަހަރު ޓެނިސް ކުޅެ އޭނާގެ ފިޓްނަސް ވެސް ވަރުގަދަވެފައިވާ ކަމަށް ބުނެފައެވެ.

ވަރޖިން ގެލަކްޓިކްއިން މިއަހަރުގެ ކުރީކޮޅުވަނީ ސްޕޭސްޝިޕް ޓޫގެ ސުޕަރ ސޮނިކް ޕެސެންޖަރ ރޮކެޓެއް ޓެސްޓްކޮށްފައެވެ.

އެ ދަތުރަކީ އެ ކުންފުނީގެ ފުރަތަމަ އުޅަނދު ޓެސްޓް ދަތުރުގުގައި 2014 ވަނަ އަހަރު ކެލިފޯނިއާގެ ސަހަރާ ސަރަހައްދުން ފޮނުވާލުމާއިއެކު ޖައްވުގައި ގޮވި ހާދިސާއަށްފަހު ކުރި ފުރަތަމަ ދަތުރެވެ.

ގެލަކްޓިކްގެ ފުރަތަމަ ދަތުރުގެ ހާދިސާގައި ޕައިލެޓް މަރުވެ އިތުރު މީހުންނަށް ސީރިއަސް ހާނީއްކަތަކެއްވެފައިވެއެވެ.

- ކޮމެންޓް