ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 15:36
އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ އިސްވެރިން
އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ އިސްވެރިން
ޓްވިޓަރ
އަލީ ވަހީދު
އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން އަލީ ވަހީދު ޖޭޕީއާ ގުޅެނީ!
އަލީ ވަހީދު މިވަގުތު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައި
އަލީ ވަހީދު ރާއްޖެދޫކޮށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށް ފަހު
17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ނުފޫޒުގަދަ އެއް މެމްބަރު

އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން އަލީ ވަހީދު އެމްޑީޕީން ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑާއިގެންނެވުމަށް ނިންމާފައިވާ ކަމުގެ އިސާރާތެއް އޭނާ ކުރައްވައިފި އެވެ.

ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލީ ވަހީދު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާ އާއްމު މެމްބަރުންނަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުއަށް އަބަދުވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި މިވަގުތަށް ވަކިވެލީކަމަށެވެ. އެހެނަސް އަޅުގަނޑުމެންގެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ ކަމަށް ވެސް އަލީ ވަހީދު ކުރެއްވި ޓްވީޓަގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީން ބާއްވާ ހާއްސަ އިވެންޓްގައި އެޕާޓީއަށް ސޮއި ކުރައްވާނެ ކަމުގެ އިޝާރާތެއް އަލީ ވަހީދު ކުރެއްވި އެވެ.

 

 

އަލީ ވަހީދު އެގޮތަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީން ބުނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާއެއް އާދީއްތަ ދުވަހުގެ ރޭ ޖަރުމަންވިލާތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެ ޖަލްސާއަކީ އެ ޕާޓީއަށް ވަރަށް ހާއްސަ ބޭފުޅަކު ސޮއިކުރުމަށް ބާއްވާ ޖަލްސާއެއްކަމަށާއި އެއީ ސިޔާސީގޮތުން ވަރަށް ފުންނާބުއުސް ބޭފުޅެއްކަމަށާ އޭގެ އިތުރަށް ވެސް އިތުރު ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީއަށް މި ޖަލްސާގައި ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް