ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 15:31
ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ. މިދިޔަ މަހު އެކަނިވެސް  ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 116 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި
ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ. މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 116 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި
ޓްވިޓަރ
ޖެންޑަރ މިނިސްޓްރީ
މިދިޔަ މަހުވެސް އެންމެ ގިނައިން ހުށައެޅުނީ ކުޑަކުދިންނާއި ބެހޭ މައްސަލަތައް
ކުޑަކުދިންނާއި ބެހޭ 116 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅާފައި
މިދިޔަ މަހު ޖުމުލަ 238 މައްސަލަ އެމިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވޭ

މިދިޔަ މަހުވެސް އެންމެ ގިނައިން ހުށައެޅުނީ ކުޑަކުދިންނާއި ބެހޭ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 116 މައްސަލަ އެ މިނިސްޓްރީއަށް ހުށައެޅިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިފަހަރުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 116 މައްސަލައެއް ހުށަހަޅާފައިވާއިރު މިއީ އޭޕްރީލް މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 49 ޕަސެންޓެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. މިބާވަތުގެ 44 މައްސަލައެއް ނިމިގެންދިޔަ މަހު ހުށަހެޅިފައި ވެއެވެ. މީގެ އިތުރަށް ޖިންސީ ހާނިއްކައިގެ 35 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފުސާނީ ހާނިއްކައިގެ 11 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގޯނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ، ގެވެށި އަނިޔާ ކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގޯނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ، ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 6 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ،  ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމު މައްސަލައިގެ  ތެރޭގައި ހިމެނެނީ ތައުލީމަށް ހުރަސްއެޅުމުގެ 3 މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމުގެ 3 މައްސަލައެވެ. އަދި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭކަމުގެ 27 މައްސަލައާއި، ކުދިން ބެލުމުގައި ދިމާވާ ކަންކަމުގެ 14 މައްސަލައާއި އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ކަންކަމުގެ 5 މައްސަލައަކާއެކު އާއިލާ މައްސަލައިގެ ގޮތުގައި ޖުމްލަ 46 މައްސަލަ ހުށަހެޅިފައި ވެއެވެ.

ޖެންޑާ މިނިސްޓްރީއަށް ދެން ހުށަހެޅިފައިވަނީ  ކުޑަކުދިން ކުށްކުރުމުގެ 12 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާގާ ގުޅުންހުރި 13 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލައެވެ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 7 މައްސަލައެއް ހުށަހެޅިފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 7 މައްސަލައަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 6 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅާފައެވެ. 

އެމިނިސްޓްރީން ބުނީ  މިދިޔަ މަހު ޖުމުލަ 238 މައްސަލަ އެމިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް