ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 13:45
ލަފާކޮށްފައިވާގޮތުގައި ތޫފާން އަރާނީ ސައުދީގެ ޚަރްކީރް އަދި އަލް ރޫބް ޢަލް ޚާލީ ސަހަރާއަށް
ލަފާކޮށްފައިވާގޮތުގައި ތޫފާން އަރާނީ ސައުދީގެ ޚަރްކީރް އަދި އަލް ރޫބް ޢަލް ޚާލީ ސަހަރާއަށް
އެސްޕީއޭ
ތޫފާން މެކުނު
ތޫފާން މެކުނު ހަވީރުގެ ވަގުތެއްގައި ސައުދީއަށް އަރާނެ
ބޯ ވާރެއާއިއެކު ގަޑިއަކު 170 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ
ސައުދީއަށް ތޫފާނު އަރާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ހަވީރު

އޮމާނަށްފަހު ތޫފާނު މެކުނު ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް އަރާނެކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް މީޓިއޮރޮލޮޖީ އެންޑް އެންވަޔަރަންމަންޓް ޕްރޮޓެކްޝަންއިން ބުނެފިއެވެ.

 

އެ އިދާރާއިން ލަފާކޮށްފައިވާގޮތުގައި ތޫފާން އަރާނީ ސައުދީގެ ޚަރްކީރް އަދި އަލް ރޫބް ޢަލް ޚާލީ ސަހަރާއަށެވެ.

 

މޫސުން ލަފާކުރާ ފަރާތްތަކުން ކުރިން ބުނެފައިވަނީ ސައުދީގެ ބައެއް ސަރަހައްދުތަކަށް ތޫފާން އަރާއިރު ތޫފާނުގެ ބާރު ކުޑަވެ އާއްމު ކޮޅިގަނޑަކަށް ބަދަލުވެ އަންގާރަ ދުވަހާ ހަމަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

 

ސައުދީގެ މޫސުމާއިބެހޭ އިދާރާގެ ތަރުޖަމާނު  ހުސެއިން އަލް-ޤަހުތާނީ އާއި ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވަނީ ބޯ ވާރެއާއިއެކު ގަޑިއަކު 170 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

 

ތޫފާނު މެކުނު ހޮނިހިރު ދުވަހު ހެނދުނު އޮމާނަށް އަރާފައިވާއިރު އެ ގައުމުން  12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

 

އައްސޭރިފަށުގައި އޮންނަ ސަލާލާއަށް ތޫފާން މެކުނު އަރާފައިވަނީ ހޮނިހިރު ދުވަހުއެވެ.

 

މީގެ އިތުރުން ޔަމަންގެ ސޮކޮޓްރާއަށް ވެސް ތޫފާން މެކުނު އަރައި 40 ވަރަކަށް މީހުން ގެއްލިފައިވާއިރު 230 އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ގަލްފް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ތޫފާން މެކުނުގެ ސަބަބުން ސޮކްޓްރާ އެއްކޮށް ފެންބޮޑުވެ، ކަރަންޓު ކެނޑި، މުވާސަލާތީ ހުރިހާ ވަސީލަތެއް ވަނީ ކެނޑިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް