ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 14:53
ރޮނާލްޑީނިއޯ
ރޮނާލްޑީނިއޯ
އެފްސީ ބާސެލޯނާ
ރޮނާލްޑީނިއޯ
އެއްފަހަރާ ދެ މީހުންނާ އިންނާކަށް ނޫޅެން، އަދި މީހަކާ އިންނާކަށްވެސް ނޫޅެން: ރޮނާލްޑީނިއޯ
 
ރޮނާލްޑީނިއޯގެ ދެ ލޯބިވެރިންނަކީ ޕްރިސީލިއާ ކޮއޭލޯ އަދި ބީޓްރިޒް ސޫޒާ
 
މުޅި ދުނިޔޭން އެކަމުގެ ހަގީގަތް ހޯދުމަށް އޭނާއަށް ގުޅަމުންދާކަމަށް ރޮނާލްޑީނިއޯ ބުނި

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ދެމީހުންނާއި އެއްފަހަރާއި އިންނަން އުޅޭ ވާހަކައަކީ މީޑިއާގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ.

އެންމެ ފަހުން އޭނާ ވަނީ އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.ރޮނާލްޑީނިއޯ ބުނީ އޭނާ އެއްފަހަރާ ދެމީހުންނާއި އިންނަން ނޫޅޭ ކަމަށާއި އަދި އޭނާ މީހަކާ ވެސް އިންނަން ނޫޅޭކަމަށެވެ.

އޭނާ ދެމީހުންނާއި ކައިވެނި ކުރަން އުޅޭވާހަކަ އެއީ ދޮގެއް ކަމަށާއި މުޅި ދުނިޔޭން އެކަމުގެ ހަގީގަތް ހޯދުމަށް އޭނާއަށް ގުޅަމުންދާ ކަމަށް ރޮނާލްޑީނިއޯ ބުންޏެވެ. އަދި އެއީ ދޮގެއްކަމަށް ވެސް އޭނާ ބުންޏެވެ.

 މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮނާލްޑީއޯ އިންނާނީ އޭނާގެ ދެ ލޯބިވެރިން ކަމަށްވާ ޕްރިސީލިއާ ކޮއޭލޯ އަދި ބީޓްރިޒް ސޫޒާއާއެވެ ރޮނާލްޑީނިއޯ ޕްރިސީލިއާ ކޮއޭލޯއާ ރައްޓެހިވީ 2013 ވަނަ އަހަރު ކަމަށްވާއިރު އޭނާ ބީޓްރިޒް ސޫޒާއާ ރައްޓެހިވީ 2016 ވަނަ އަހަރުއެވެ.ބްރެޒިލްގެ ގާނޫނު ބުނާގޮތުން ދެމީހުންނާއި އިނުން ނުވަތަ މީހަކާއިނދެގެން ހުރެ އެހެން މީހަކާއި ކައިވެނި ކުރުން އެއީ މަނާ ކަމެކެވެ. އެފަދަ މީހުންގެ އަދަބަކީ 6 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ރޮނާލްޑީނިއޯ ކައިވެނިކުރަން އުޅޭ ވާހަކަ ދޮކު ކުރިނަމަވެސް އޭނާގެ ދެ ލޯބިވެރިންނާއި މިދިޔަ ޖެނުއަރީގައި އޭނާ ވަނީ އެންގޭޖް ވެފައި ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ދެމީހުންގެ ދެމެދުގައި ހަމަހަމަ ކުރުމަށް އެދެމީހުންނަށް ދޭ ހަދިޔާތައްވެސް އެއްގޮތްކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ރޮނާލްޑީނިއޯ ބުނެފައިވަނީ އޭނާ ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. އޭނާ ވަނީ ދަ ބްރެޒީލިއަން ރިޕަބްލިކަން ޕާޓީ (ޕީއާރު ބީ) އާއި މީގެ ދުވަސްކޮޅެއް ކުރިން ގުޅިފައެވެ. ރޮނާލްޑީނިއޯ ކައިވެނި ކުރަން އުޅޭ ވާހަކަތައް ގަދަވުމާއިއެކު އޭނާގެ ސިޔާސީ ދާއިރާ ނިމުމަކަށް އައީ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ގަބޫލު ކުރާކަމަށް ވެސް މީގެ ކުރިން ޚަބަރު ތަކުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް