ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 14:22
ބައްދަލުވުން ތާވަލުކުރެވިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހަށް
ބައްދަލުވުން ތާވަލުކުރެވިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހަށް
ގޫގުލް
ޓްރަމްޕް-ކިމް ސަމިޓް
ޓްރަމްޕް-ކިމް ސަމިޓް ބޭއްވިދާނެ ކަމުގެ ސިގްނަލެއް ލިބިއްޖެ
ބައްދަލުވުން ތާވަލަށްވުރެ ދިގުވެސް ވެދާނެ: ޓްރަމްޕް
ބައްދަލުވުން ކުރިން ކެންސަލްކުރީ އުތުރު ކޮރެއާއިން ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކަމުންދާކަމަށްބުނެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއިއެކު ބާއްވަވަން ތާވަލުކުރެއްވި ބައްދަލުވުމާއި ބެހޭގޮތުން އެ ގައުމާއިއެކު "ވަރަށް ބިނާކުރަނިވި" ވާހަކަތަކެއް ބޭއްވިއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އެ ބައްދަލުވުން އަދިވެސް ބޭއްވިދާނެކަމަށެވެ."އަދި ބޭނުންވެއްޖެ ނަމަ އެ ތާރީޚަށްވުރެ ދިގުދަންމާވެސް ލެވިދާނެ" ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އުތުރު ކޮރެއާއިން ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ދައްކަމުންދާކަމަށްބުނެ ސަމިޓް ކެންސަލްކުރެއްވިކަން ރައީސް ޓްރަމްޕް ހާމަ ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް އުތުރު ކޮރެއާއިން ފަހުންވަނީ އެ ގައުމުން އޮތީ ކޮންމެ ވަގުތެއްގައި ކޮންމެ ގޮތަކަށް ވާހަކަތައް ބޭއްވުމަށްވެސް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

ރައީސް ޓްރަމްޕް ޓްވީޓް ކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުންވަނީ ސަމިޓްގެ ހުޅުކޮޅު އަދި ނުނިވޭކަމަށާއި އުއްމީދު އާވެފައިވާތީ ޝުކުރުވެރިވާކަމަށްބުނެ ޓްވީޓްކޮށްފައެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ވަނީ ގޮއްވާލާ  ހަލާކުކޮށްފައެވެ. އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަމަށެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި ވެސް އޮތީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް