ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 07:59
ނިޒާރު މަލާރިކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން
ނިޒާރު މަލާރިކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން
ފޭސްބުކް
ލ.ގަން
ނިޒާރުގެ މަރުގެ ދައުވާ ލިބޭ ތިން މީހުން ގޭ ބަންދަށް ބަދަލުކޮށްފި
ނިޒާރު މަރާލާފައި ވަނީ 2014 ވަނަ އަހަރު

ލ.ގަން ތުނޑި، ވޫޑްލޭންޑު އަހްމަދު ނިޒާރު މަލާރިކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މީގެ ހަތަރު އަހަރުކުރިން ނިޒާރުގެ މަރާއި ގުޅިގެން ހައްޔަރުކުރި މި ތިން މީހުންގެ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. އޭރު އެމީހުން ތަޙްގީގަށް ބަންދުގައި ބަހައްޓާ ތަން ފަސް އަހަރު ވާން ގާތްވެފައެވެ.

ނިޒާރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސަބާހު، ދުނިފަރު އަހްމަދު ޝުޖާއު އާއި މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރު، ގެ މައްޗަށެވެ. މި ތިން މީހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލް އެދިވަޑައިގަތުމުންނެވެ.

ނިޒާރު މަރާލާފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް