ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 08:12
މާފަންނު ހުޅަނގު ބޮނޑިބަތް ހަފުލާގައި ރައީސް ނަޝީދުގެ ކެމްޕައިން ޕޯސްޓަރު ދައްކާލަނީ
މާފަންނު ހުޅަނގު ބޮނޑިބަތް ހަފުލާގައި ރައީސް ނަޝީދުގެ ކެމްޕައިން ޕޯސްޓަރު ދައްކާލަނީ
ޓްވިޓަރ
ޖަޒީރާ ރައީސްގެ ކެމްޕެއިން
ޖަޒީރާ ރައީސްގެ ކެމްޕެއިން: މާފަންނު ހުޅަނގުގެ ބޮނޑިބަތް ކެއުން ބާއްވައިފި
ވޯޓްލުމަށް މީހުން ނެރޭނެ ގޮތްތައް ދަނީ ދަސްކޮށްދެމުން

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން 'މާފަންނު ހުޅަނގު ބޮނޑިބަތް' ނަމުގައި ގެންދިޔަ ހަރަކާތް ވަރަށް ފުރިހަމަ ކަމާއެކު ނިންމާލައިފިއެވެ.

ބޮނޑިބަތާއި ކުޅިމަހާއި ކުރިއަށް ގެންދިޔަ މި ހަފްލާ ފައްޓަވައި ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ފަލާހްއެވެ. ފަލާހް ވިދާޅުވީ މި ކޭމަކީ ޖަޒީރާ ރައީސް ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ފެށުން ކަމަށެވެ. ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ވަރަށް ގިނަ ހުރަސްތަކެއް ޖަޒީރާ ރައީސް ކެމްޕޭނަށް ކުރަމުން ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ރައީސް ނަޝީދަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ކަމަށް ތުހުމަތު ކޮށްފައެވެ. އެކަން ކުރަނީ މަޖްބޫރު ވެގެން ކަމަށާއި އެހެން ނޫނީ ރައްޔިތުން ޖަޒީރާގެ ރައީސްއަށް ކުރާ ތާއީދު ފެނިވަޑައިގެން ރައްޔިތުން ގައިގައި ހިނގަމުންދާ ލޭ ކެކިގެންގޮސް ފާނެތީ ކަމަށެވެ. 

ޖަޒީރާ ރައީސް ކެމްޕެއިންގެ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާާޅުވީ ވޯޓުލުމަށް މީހުން ނެރޭނެ ގޮތްތައް ކެމްޕޭންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. 

މިމަހު 30 ވަނަ ދުވަހު ބާއްވާ ޕްރައިމަރީ އިންތިޒާމު ކުރަން އާންމުންގެ ޚިޔާލު ބޭނުންވާ ކަމަށާއި އެދުވަހު ދާއިރާތަކުގެ ވޯޓްލުމުގެ ކަންތައް ހިނގާ ގޮތުގެ އޮނިގަނޑެއް ރާވާނީ އެ ދާއިރާ ތަމްސީލު ކުރާ ރައްޔިތުން ކަމަށް އަސްލަމް ވިދާޅުވި އެވެ. 

'މާފަންނު ހުޅަނގު ބޮނޑިބަތް' ހަރަކާތުގައި މެންމަބަރު ފަލާހާއި އަސްލަމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުލް ކަރީމާއި މާފަންނު ހުޅަނގު ދާއިރާގެ މާލެ ސިޓީގެ ޑެޕިއުޓީ މެޔަރު ޝަމާއު ޝަރީފް ވާހަކަ ދެއްކެވި އެވެ. 

ހުކުރު ދުވަހުގެރޭ މާލޭގައި ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތް މާފަންނުގައި ބޭއްވިއިރު، އަރިއަތޮޅު އުތުރުބުރި އަދި މިލަދުންމަނޑުލު ދެކުނު ބުރިއަށް ކުރަން ރާވައިފައިވާ ކެމްޕެއިން ދަތުރުތަށް ވަނީ ފަސްކޮށްފައެވެ. މިލަދުންމަނޑުލު ދެކުނު ބުރީގެ ދަތުރު ދެން ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ 27 އަދި 28 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް