ކ. މާލެ
|
25 މެއި 2018 | ހުކުރު 23:18
ފޯކައިދޫ އަށް ރާޅު އަރަނީ، ބަނދަރުގެ ރައްކާތެރި ކަމެއް ނެތް.
ފޯކައިދޫ އަށް ރާޅު އަރަނީ، ބަނދަރުގެ ރައްކާތެރި ކަމެއް ނެތް.
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހުޅަނގު މޫސުމުގައި ފޯކާއިދޫ އޮނޑިފަހަރު މިލަންދޫއަށް
ބަނދަރުގައި ވެސް އޮނޑިތަށް އަޅާފައި ނުބޭއްވޭ

ހުނޅަގު މޫސުމުގައި ފޯކައިދޫގައި ބަނދަރާއި ރަށުގެ ބޭރުމަތީގައި ވެސް އޮޑިފަހަރު އަޅާފައި ނުބޭއްވޭތީ އެރަށުގެ ގިނަ އޮޑިފަހަރު އެ އަތޮޅު މިލަންދޫއަށް ބަދަލު ކޮށްފިއެވެ.

ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރު ގެންގުޅޭ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގައި މި މައްސަލަ ދިމާވާ ކަމަށެވެ. މިދުވަސްވަރު އެރަށުގެ ބަނދަރުގައި ވެސް އޮޑިފަހަރަށް ބަނދަރުކޮށްފައި ނުބޭއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށުގެ ބޭރުމަތީގައި ވެސް ކަނޑު ގަދަވުމުގެ ސަބަބުން އޮޑިތަށް އަޅާފައި ނުބޭއްވޭތީ މިލަންދޫއަށް މިހާރު އޮޑިފަހަރު ގެންގޮސް މިލަންދޫގައި އޮޑިތައް އަޅާފައިވާ ކަމަށް ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާންމުކޮށް ހުޅަނގު މޫސުމުގައި ބަނދަރުގައި އޮޑިތައް ނޭޅޭ ކަމަށާއި، ބަނދަރުގައި އޮޑިތައް ނޭޅޭ ދުވަސްވަރު އެރަށުގެ އިރުމަތީ ފަރާތުގައި އޮޑިތައް އަޅާކަމަށް ކައުންސިލް ރައީސް ރަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މި ދުވަސްވަރު އިރުމަތީ ފަރާތްވެސް ގަދަ ކަމުން އެސަރަހައްދުގައި ވެސް އޮޑިތައް ނޭޅޭ ކަމަށް އެނާ ވިދާޅުވިއެވެ.

އޮޑިފަހަރު މިލަންދޫއަށް ބަދަލުކުރަން ޖެހުމުން އެރަށުގެ ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުނެވެ. މަސްވެރި ފޯކައިދޫގެ ރައްޔިތުންނަން ދިމާވާ މި ބޮޑު ދަތިކަން ހައްލުކޮއް ދިނުމަށް އެރަށުގެ ރައްޔިތުން ކަމާއި ބެހޭ މުވައްސަސާތަކަށް އެތައް ފަހަރެއްގެ މަތިން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް