ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 08:32
ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ އިގިރޭސިވިލާތުގެ ސަފީރުއާއި ރައީސް ޔާމީން އަބްދުލް ގައްޔޫމް
ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ އިގިރޭސިވިލާތުގެ ސަފީރުއާއި ރައީސް ޔާމީން އަބްދުލް ގައްޔޫމް
ފޭސްބުކް
އިނގިރޭސިވިލާތުގެ ސަފީރު
ރާއްޖޭގެ ޕާޓީތައް އުވާލަން ދިން އިންޒާރު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފި

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ހާލަތު ހިއްސާ ކުރައްވައިފި އެވެ. 

ދިވެހިރާއްޖޭގެ ކަންކަމުގައި ހަރަކާތްތެރިވާ "އިނގިރޭސި ވިލާތް - ދިވެހިރާއްޖޭގެ ޕާލިމެންޓްރީ ގްރޫޕް"ގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ޑޯރިސް ހިއްސާކުރެއްވީ، އިލެކްޝަންސް ކޮމިޝަނުން، ރާއްޖޭގެ ސިޔާސީ ޕާޓީތައް އުވާލާނެ ކަމަށް ދިން އިންޒާރުގެ މައުލޫމާތެވެ. އަދި މިނިވަން އިންސާފުވެރި، އެންމެނަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުމަކީ ދިވެހިން އެދޭ ގޮތް ކަމަށް ވެސް ޑޯރިސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. 

ސިޔާސީ ޕާޓީތައް އުވާލާނެ ކަމުގެ އިންޒާރު އީސީން ދިންކަމުގެ މައުލޫމާތު ޑޯރިސް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ހިއްސާ މި ކުރެއްވީ، ރައީސް ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދާނަމަ އެ ޕާޓީ އުވާލަންޖެހިދާނެ ކަމަށް ބުނެފައި ވަނިކޮށެވެ. 

ރިޔާސީ ޕްރައިމަރީތައް ބޭއްވުމަކީ އީސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަަކަށް ނުވާއިރު، ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހުށަހެޅުމުގެ ކުރިން، އީސީން ދިން އިންޒާރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ. 

އެ ކޮމިޝަނުން ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ އިޖުރާތްތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް